twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި އަހަރު ނިމޭނެ: މުއިއްޒު

Sep 4, 2017

ކުޅުދުއްފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

މުއިޒް މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. ޓްވީޓުގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ މަގުތަކުގައި ތާރު އެޅުން ކަމަށާއި އެމަސައްކަތް މިއަހަރު އެއްކޮށް ނިންމާނެ ކަމަށެވެ.

ކުޅުދުއްފުށީގެ 19 މަގެއްގައި ތާރު އަޅަން ނިންމާފައިވައިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުޅުދުއްފުށީ މަގާން މަގުގައި ތާރު އަޅަން ފަށާފައެވެ. މިމަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއެވެ.

މި މަޝްރޫއަށް ގާންގަނޑަކަށް 54 މިލިއަން ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi rayyithun emme bodah beynunvaa eh kanthah kamugaivaa maguthakuga thaaru elhun: mi aharu masakkai ekkoh nimeyne IA. pic.twitter.com/Ly2kVf1Il9

— Dr.Mohamed Muizzu (@MMuizzu) September 2, 2017

މީގެ އިތުރުން ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިކަމުގެ އެތައް ފައިދާ އެއް ރައްޔިތުންނަށް ކުރާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާ މިމަޝްރޫއުގެ ދަށުން 5.6 ކިލޯ މީޓަރުގައި ތާރު އަޅާނެ ކަމަށް އެމްއާރުޑިސީން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355