twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ- ނޫޙްގެފާނުގެ ގައުމުގެ މީހުން (10)

Oct 19, 2017

ދިހަ ވަނަބައި

ތޫފާނު އެރުން

ބޮޑާކަމާއެކު ކާފިރުން އުޅެމުންދިޔަ ގޭގޭ ފާރުތައް ވެއްޓި، ރަށުތެރެ މުޅިން ހައިޖާނުވެއްޖެއެވެ. އެންމެފަހުން މުޅި ޝަހަރު އެކީގައި ފެނުގެ އަޑިއަށް ހިނގައްޖެ އެެވެ.

ނޫޙްގެފާނުގެ ދަރުކަލުންނާ މެދު ﷲ ގެ ޙަޟްރަތުގައި ދެންނެވި

ކީރިތި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. ” އަދި އެކަލޭގެފަނު ވިދާޅުވި އެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެެވެ! އެނާކޮޅު ދުވުމާއި ބަނދަރުކުރުން ވަނީ ﷲ ގެ އިސްމުފުޅުންނެވެ. ހަމަކަށަވަރުން ، ތިމަންކަލޭފާނުގެ ވެރިރަސްކާލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ. އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި އެއުރެންނާއި ނާކޮޅު ދުވަމުން ދެއެވެ. އަދި ނޫޙްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވި އެވެ. އޭރު އެދަރިކަލުންވީ (އެހެންމީހުންނާއި) ވަކިން ދުރުގައެވެ.

އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފިރުންނާއި އެކު ނުވާށެވެ! އެދަރިކަލުން ދެންނެވިއެެވެ. ތިމަން، ފެނުން ރައްކަތެރިކުރާނޭ ފަރުބަދައަކަށް ތިމަން އަރައިފާ ހުށީމެެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ އަމުރުފުޅަށް (އެބަހީ ﷲ ގެ ޢަޒާބުން) ރައްކާތެރި ކުރާނެ ފަރާތެއް އެކަލާނގެ ރަޙްމަތް ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެދެބަފައިންކަލުން ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަގުކުރެއްވި މީހުންގެ ތެރެއިން އެދަރިކަލުން ވިއެވެ” (ސޫރަތު ހޫދު: 43-41)

– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355