ޑައެޓް ކުރާމީހުން ބަރުދަން ލުއިކުރުމަށް މޮޅެތި އުކުޅުތައް ބޭނުން ކުރެއެވެ. ކަސްރަތު ކުރުމުގެ އިތުރުން މޮޅެތި ޑައެޓް ޕްލޭންތައް ގެންގުޅެއެވެ. އެހެންނަމަވެސް ބައެއް މީހުން ކެއުމަށް ގެންނަށް ބަދަލުތަކަކީ ސިއްހަތަށް އެހާ ފައިދާ ހުރި ބަދަލަކަށް ނުވެއެވެ.
އެހެން ނަމަވެސް 7 ދުވަސް ވަންދެން ކަސްރަތު ކުރުމާއިއެކު މިގޮތަށް ކެއުން ބައްޓަން ކުރުމުން އަންނަ ތަފާތު ބަލާލަމާ ހެއްޔެވެ.
ހަކުރު ބޭނުން ނުކުރާށެވެ.
ހަކުރު ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމަށް ހުރި ހުރަހެކެވެ. ދެން ކުރާ ސުވާލަކީ ހަކުރު ބޭނުން ކުރުން ހުއްޓާލާނީ ކިހިނެތް ހެއްޔެވެ. ޖަވާބު މިއޮތީ އެވެ. ހެނދުުނު ގަޑީގައި ފައިބާ ސީރިއަލް ބޭނުންކުރާށެވެ. އަދި ކޮފީ ނުވަތަ ކިރު ތައްޓައް ހަކުރު ގެ ބަދަލުގައި ކިރިޔާ ފޮނިރަހަ ލާވަރަށް މާމުތް ބޭނުން ކުރާށެވެ. އަދި ޖޭމް ވެސް ބޭނުން ނުކުރާށެވެ.
މެންދުުރުގެ ކެއުން މޮޑިފައި ކޮށްލާ
މެންދުުރުގެ ކެއުމަކީ މުހިއްމު ކެއުމެކެވެ. ގިނަ މީހުންނަށް މެންދުުރު ގިނައިން ކެވޭގޮތް ވަނީ މައްސައްކަތުގައި އުޅެފައި އައިސް ހުންނަ ބަރުބައްޔާ އެކު ވެފައި ހުންނަ ހައިކަން ފިލުވާލާށެވެ. ނަމަވެސް މެންދުރު މާގަދަ އަށް ކައިފިނަމަ ހެނދުނުގެ “ހެލްތީ ބްރެކްފާސް” ބޭކާރު އެއްޗަކަށް ވީ އެވެ. އެގޮތުން މެންދުރު ތެޔޮ އެއްޗެއް ނުވަތަ ޗީޒް އެއްޗެްއްގެ ބަދަލުގައި ފެނުކައްކާފައި ހުރި ތަރުކަރީ، ނުވަތަ ސެލެޓެއް ބޭނުން ކުރާށެވެ.
ތެޔޮ ބޭނުން ކުރާ މިންވަރު މަދުކޮށްލާށެވެ.
ކައްކާއިރު ގިނަ ކެއުންތަގުގައި ތެޔޮ ބޭނުން ކުރަން ޖެހެއެވެ. އެހެންނަމަވެސް ޑީޕް ފްރައި ކުރުމުގެ ބަދަލުގައި ކުޑަ ތެޔޮކޮޅެއް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ކާނާ ބޭނުން ކުރާށެވެ. ހައްސަކޮށް ރޭނގަޑު ތެޔޮ ނުހުންނަ ކާނާ ބޭނުން ކުރުމުން 500 ކެލޮރީސް އަންދާލަ އެވެ. މީގެ އިތުރުން ރޭގަނޑުވެސް ސެލެޑެއް ކާނަމަ ލުނބޯ ބޭނުން ކުރުމުން 200 ކެލޮރީސް އަންދާލައެވެ. ރޭގަނޑު ކައިރު ނިދުމުގެ 4 ގަޑީއިރު ކުރިން ކާށެވެ. އެއިރުން ބަރުދަން އިތުރުވުން ދުރުކޮށްދެއެވެ.