twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

Sep 14, 2017

ދިރާގުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ ކަމަށްވާ ދިރާގު އެނުއަލް އެވޯޑް 2016 ރޭގަ ބާއްވައިފި އެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި 49 މުވައްޒަފުންނަށް އިނާމު ލިބިފައިވާ ކަމަށެވެ. އަދި ކުންފުނީގެ އެންމެ ޝަރަފްވެރި އިނާމް ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ކުންފުނީގެ އެސިސްޓެންޓް އެނޖިނިއަރ ޒުލްހާމް އަބްދުލް ހަކީމުއެވެ. އޭގެ އިތުރުން އެންމެ ދިގުމުއްދަތުގެ ހިދުމަތުގެ އިނާމްތަކާއި، ލީޑަރޝިޕް އިނާމްތަކާއި ޑިވިޝަންލް މެރިޓް އެވޯޑްތަކާއި ހާއްސަ މެރިޓް އެވޯޑްތަކުގެ އިތުރުން ސްޕެޝަލް ރެކޮގްނިޝަން ޓީމް އެވޯޑްތައް ދީފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މިއީ މި ހަފުލާ ވިދިވިދިގެން ބޭއްވި 28 ވަނަ އަހަރު ކަމަށާއި މި ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބުދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 28 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏަށް ކަމަށްވާއިރު ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންނެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355