twitterviber whatsapp telegramfacebookyoutube instagram
27th August 2026

ވަރަށް މަދުން ނޫނީ ނުފެންނަ ހުދު ޒަރާފާއެއް ފެނިއްޖެ

Sep 14, 2017

ވަރަށް މަދުންނޫނީ ނުފެންނަ ކަހަލަ ހުދު ޒަރާފާ އެއް އެފްރިކާގެ ކެންޔާ ކައިރިން ފެންނަ ވީޑީޔޯއެއް އާންމު ވެއްޖެ އެވެ.

ކެންޔާގެ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ކައިރިން ފެނިފައި ވަނީ ދެ ހުދު ޒަރާފާ އެވެ. އެއީ މަންމަ އާއި އޭތީގެ ދަރި ކަމަށް ހަބަރުތަކުން ބުނެއެވެ.

އަދި މިއީ ލުކިޒަމް ނަމަކަށް ކިޔާ ޖެނެޓިކް ހާލަތެއް ކަމަށާއި އޭގެ ސަބަބުން ހަންގަނޑުގައި ޕިގްމެންޓޭޝަންތައް އުފެދުމަށް ހުރަސްއަޅާ ހަންގަނޑު ހުދުވުމަށް މަގުފަހިވާ ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން ހުދު ޒަރާފާއެއްގެ ފޮޓޯ އާންމު ވެފައި ވަނީ މާރޗް 2016 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355