twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ހުޅުވާ އާސަންދަ އޮފީހަށް 2 މުވައްޒަފުން ހޯދަނީ

Sep 17, 2017

ކުޅުދުއްފުށީގައި ހުޅުވުމަށް ހަމަޖެހިފައިވާ އާސަންދަ ކައުންޓަރަށް 2 މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެގޮތުން މިއަދު ވަނީ އާސަންދަ އޮފީހަށް އޮފިސާރ އަދި އެސިސްޓެންޓް އޮފިސާރ އެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

އޮފިސާރ ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަކީ:

1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން, އިންގިރޭސި އަދި ހިސާބު ހިމެނޭގޮތައް، “ސީ” އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން “އީ” އަށް ވުރެ މަތިން ފާސްވެފައިވުން

2. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން

3. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.

4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

5. ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން

6. ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި އަދި އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން

އެސިސްޓެންޓް އޮފިސަރ ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަކީ:

1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން, އިނގިރޭސި އަދި ހިސާބު ހިމެނޭގޮތައް، “ސީ” އަށް ވުރެ މަތިން ފާސްވެފައިވުން

2. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން

3. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން

4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

5. ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން

6. ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި އަދި އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން

ކުޅުދުއްފުށީގައި އާސަންދަ އޮފީހެއް ގާއިމްކޮށް އަންނަ މަހު ހިދުމަށްދޭން ފަށަނީ

މި މަގާމުތަކަށް ކުރިމަތި ލުމުގެ ސުންގަނޑިއަކީ 2017 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. މި މަގާމަށް ޝައުގުުވެރިވާ، ޝަރުތުު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

އެގޮތުން ވަނަވަރާއިއެކު ވަޒީފާއަށް އެދޭ ފޯމް، ޕާސްފޯޓް ސައިޒުގެ 1 ފޮޓޯ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮފީ އަދި ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ހުށައަޅަން ވާނެއެވެ.

މި އޮފީސް ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355