twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ހދ.އޭއީސީގެ ކާބޯތަކެތީ މައުރަޒާއި އޭތިމީތި ސޭލް އޮކްޓޯބަރު 6 ގަ

Sep 26, 2017

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ކާބޯތަކެތީގެ މައުރަޒަކާއި އޭތިމީތި ސޭލް އޮކްޓޯބަރ 6 ވާ ހުކުރުދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

އެ ސްކޫލުގެ ޕުރިންސިޕަލް ޝަހީދާ އަލީ ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ން 5:30 ށް ބޭއްވިގެންދާ މި މައުރަޒުގައި ވިޔަފާރި ވެރިންނަށްވެސް ބައިވެރިވެވޭނެ އެވެ.

އަދި މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭގައި ހައްދައި މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނާއި ހިފާ ގެންގުޅޭ ސާމާނާއި ގަސްފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައި

ކަމަށެވެ.

އޭގެ އިތުރުން މި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ސްކޫލުގެ ކުލާސްރޫމްތަކުގައި ހަލާކުވެފައި ހުރި ޓީވީ ބަދަލުކުރުމަށާއި ސްކޫލް ގޯތިތެރޭގައި ގާ އެޅުމުގެ އިތުރުން ކުލާސްރޫމްތަކުގައި ބޯޑެއް ހަރުކުރުމަށް ކަމަށް ޝަހީދާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ސްކޫލްތަކުގެ ބަޖެޓަށް ފައިސާ ހޯދާ ސްކޫލްތަކުގެ ތަރައްގީއަށް ބެލެނިވެރިން އެކިއެކި ފަންޑް ރައިޒިންގ އިވެންޓްތައް ބާއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355