twitterviber whatsapp telegramfacebookyoutube instagram
8th June 2025

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް އިތުރު 5 ރަށަކަށް ދީފި

Sep 28, 2017

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު 5 ރަށަކަށް ފޯރުކޮށްދީފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ހިދުމަތް ފޯރުކޮށްދީފައި ވަނީ އދ. ދަނގެތި، އަދ. މާމިގިލި، އއ. އުކުޅަސް އަދި އއ. މަތިވެރިގެ އިތުރުން އއ. ބޮޑުފުޅަދޫ އަށެވެ.

އަދި މި ރަށްރަށަށް ތައާރަފްކުރި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ހިދުމަތަށް އެދޭ ފަރާތްތަކަށް ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ ހިލޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ ވ. ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ބ. ދަރަވަންދޫގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355