twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން، އާ އޭއާރް އެޕަކާއެކު ހިލޭ ކޮފީ ދެނީ

Oct 1, 2017

މިއަދަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ފަހުރުވެރި 29 އަހަރު ފުރޭ ދުވަހެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ އޯގްމެންޓެޑް ރިއަލިޓީ ކެމްޕޭނެއް ފަށައިފަ ކަމަށެވެ.

އެގޮތުން “ދިރާގު އޭއާރް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި އެޕަކީ އެކުންފުނީގެ ބްރޭންޑްއާ ގުޅޭގޮތަށް އޯގްމެންޓަޑް ރިއަލިޓީ އެޕްލިކޭޝަނެއް ކަމަށާއި މި ކެމްޕޭނުގެ ދަށުން އޯގްމެނަޓަށް ރިއަލިޓީ މޯބައިލް ފޯނުގެ ޒަރީއާއިން ތަޖްރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލޭއާއި އަތޮޅުތެރޭގެ ކޮފީޝޮޕްތަކުން އެޕްމެދުވެރިކޮށް ގުރުއަތުންހޮވޭ ފަރާތްތްކަށް ހިލޭ ކޮފީ ލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

މިމަހު 1 ން 6 އަށް ކޮފީ ލިބެން ހުންނަ އިރު، ކުޅުދުއްފުށީގައި ކޮފީ ލިބެން ހުންނާނީ ކާނިވަލް ކެފޭ އިން ނެވެ. އައްޑޫ ސިޓީ ހިތަދޫގައި ސުވަޑައިވް ކެފޭ އަދި ކުރެސް ގާޑެން، އައްޑޫ ސިޓީ މަރަދޫގައި ޕުލާމް ވިލޭޖް، ތިނަދޫ ގައި ޑެލީޒިއޯ އިން، ގަން މަތިމަރަދޫގައި ލެޒިޒް، ގަން ދުނޑީގައި ކެފޭ 20، އޭދަފުށީގައި ސަލްސާ ރިޓްރީޓް އަދި ދަގެތީގައި ފުޑް ސޭވާ ރެސްޓޯރަންޓްގެ އިތުރުން ފުވައްމުލަކު ސިޓީގައި މޮންޓާ ރޯސްގައި ކެފޭ އިން ނެވެ.

ހުޅުމާލޭގައި ކޮފީ ލިބެން ހުންނަނީ ކަވަރްނާ އަދި ޝެލްބީންސް އިންނެވެ. މާލޭގައި ލިބެން ހުންނާނީ ސިޓީ ގާޑެން، ނޮވެއްލޭ، ސީ ހައުސް، ސީ ހައުސް ބްރަސެރީ، ޝެކް ބީންސްގެ އިތުރުން ޕަލަޓޯ ފްރޮސްޓީސް އިން ނެވެ.

އޭގެ އިތުރުން އޭ.އާރް ޓެކްނޮލޮޖީ އަކީ މޯބައިލްފޯނުގެ ކެމެރާމެދުވެރިކޮށް އެމީހެއްގެ އަސްލު ވެށީގެ ތެރެއަށް ރިއަލްޓައިމްކޮށް ތްރީޑީ ޑިޖިޓަލް އިމޭޖަސް އިމްޕޯސްކުރާ ޓެކްނޮލޮޖީއެއް ކަމަށާއި ބައިނަލްއަގްވާމީ ގޭމްތަކުންނާއި މަގު ދައްކައިދޭ މެޕިންގް އެޕްތަކާއި ތައުލީމާއި ރިފަރެންސް އެޕްތަކުގައި މިޓެކްނޮލޮޖީ ފަސޭހައިން ބޭނުންކުރެވިދާނެއެވެ.

ދިރާގުން މީގެ ކުރިންވެސް ވަނީ “އާރްބީ ކުއެސްޓް” ގެ ނަމުގައި އަގު ހުރި އިނާމު ތަކަކާއެކު އޭއާރް ގޭމިންގ އެޕްލިކޭޝަނެއް ތައާރަފް ކޮށްފައިއެވެ. އަދި މި އެޕް ވެގެން ދިޔައީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް އެކަނި ހާއްސަކޮށްގެން ތައާރަފްކުރެވުނު މިކަހަލަ އެޕްލިކޭޝަނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355