ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފި އެވެ.
އެސްޓީއޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަދުން ފެށިގެން ޑީސެލް ލީޓަރަކުން 0.53 ލާރި އަގު ބޮޑުވާނެ ކަމަށާއި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑު ވާނެ ކަމަށެވެ.
އެގޮތުން މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުންނާނީ 9.17 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.52 ރުފިޔާއަށް ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ވަނީ ތެލުގެ ޑިއުޓީ ކުޑަ ކުރުމާއި ގުޅިގެން އެސްޓީއޯއިން ވިއްކާ ޑީސަލް ލިޓަރަކުން 0.51 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.30 ލާރި ހެޔޮކޮށްފަ އެވެ.