ކުރުނބާ ފެން ބުއިމަށް އެންމެ ރަނގަޅީ މި ވަގުތުތަކުގައި

ޚަދީޖާ އާދަމް - 1 އަހަރު ކުރިން - 8 އޮކްޓޯބަރ 2017މިއީ އަހަރެމެން ވަށައިގެން ވަރަށް ފަސޭހައިން ލިބެން ހުންނަ އެހާމެ ހަށިގަނޑަށް ފައިދާ ލިބޭ އެއްޗެކެވެ. ބައެއް މީހުންނަށް ނޭނގުނު ކަމުގައި ވިއަސް ވަކި ގަނޑިތަކެއްގައި ކުރުނބާ ގެން ބުއިމަކީ އެއިން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބޭ ކަމެކެވެ.

ހެނދުނު ހުސްބަނޑާ ހުރެ
ހުސްބަނޑާ ހުރެ ހެނދުނު ކުރުބާ ފެން ބުއިމުން މި ފެނުގައި ހިމެނޭ ލުރިކް އެސިޑް ސަބަބުން ތިމާ ގެ ދިފާއި ނިޒާމް ވަރުގަދަކޮށްދީ މެޓަބޮލިޒަމް އިތުރު ކޮށްދެއެވެ. އަދި ގަަވައިދުން ކޮންމެ ދުވަހަކު ކުރުނބާ ފެން ބޯނަމަ ބްލެޓް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައިދީ އަދި ބަރުދަން ލުއި ކުރުމަށް އެހީވެދެއެވެ.

ކަސްރަތު ކުރުމަށްފަހު
ކުރުނބާ ފެނަކީ ގުދުރަތީގޮތުން ވަރަށް ރަނގަޅު “ސްޕޯޓް ޑްރިންކް” އެެކެވެ. އެގޮތުން ކުރުނބާފެނުން ހަކަތަ އިތުރުކޮށްދީ ހަށިގަނޑު ހައިޑްރޭޓް ވުމަށް އެހީވެދެއެެވެ. އަދި ކަސްރަތައްފަހު ވެފައިހުރި ވަރުވަލިކަން ފިލުވާލުމަށްވެސް ކުރުނބާ ފެން އެހީވެދެއެވެ.

ނިދުމުގެ ކުރިން
ނިދަން އުދަނގުވާމީހުންނަށް މިއީ ވަަރަށް ރަނގަޅު ފަރުވާއެކެވެ. އެގޮތުން ނިދުމުހެ ކުރިން ކުރުނބާ ފެން ބުުއިމުން ނިދަން ފަސޭހަވެ ހިތުގެ ތެޅުން މަޑުކޮށްދެއެވެ. އެހެންކަމުން ނިދާ ގަޑީގައި ވިސްނުމުން ދުރުކޮށްދޭން ކުރުނބާފެން ބޯށެވެ.