twitterviber whatsapp telegramfacebookyoutube instagram
15th September 2025

ހދ އޭއީސީގެ އެލްކޭޖީ އަދި ޔޫކޭޖީއަށް ވަނުމަށް ހުޅުވާލައިފި

Oct 8, 2017

ހދ އަތޮޅު ތައުލީމީ މަރުކަޒުން އަންނަ އަަހަރަށް އެލްކޭޖީ އަދި ޔޫކޭޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

2018 ވަނަ އަހަރު އެލްކޭޖީ އަދި ޔޫކޭޖީއަށް ދަރިވަރުން ވެއްދުމުމުގެ ފުރުސަތު މިއަދު އެސްކޫލުން ހުޅުވާލާފައިވާއިރު މިކަމަށް އެދޭ ފޯމް މިއަދުން ފެށިގެން 17 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ 14:00 ހަަމައަށް އެސްކޫލް އޮފީހުން ބަލައިގަންނަނާނެ އެވެ.

ފޯމް ދޫކުރުމާއި ބަަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުުުރުފަހު 14:00 ށެވެ.

2018 ވަނަ އަހަރު އެލްކޭޖީއަށް ވަދެވޭނީ މީލާދީގޮތުން 31 މާރޗު 2018 ށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިންނެެވެ. އަދި ޔޫކޭޖީއަށް ވަދެވޭނީ މީލާދީގޮތުން 31 މާރޗު 2018 ށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ކުދިންނެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355