twitterviber whatsapp telegramfacebookyoutube instagram
17th February 2026

ވިލާކޮލެޖުން ސެޓްފިކްޓް 3 އިން ހޮސްޕިޓާލިޓީ ހިލޭ ކިޔަވާދެނީ

Oct 16, 2017

ވިލާ ކޮލެޖުން  ސެޓްފިކްޓް 3 އިން ހޮސްޕިޓާލިޓީ ކޯސް ހިލޭ ކިޔަވައި ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރޯޔަލް އައިލެންޑް އެންޑް ސްޕާއިން ސްޕޮންސަ ކޮށްގެން އެރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ އޯޕަން ޑޭ ބާއްވަން ހަމަޖެހިފައިވަނީ  ކުޅުދުއްފުށި، ބ އޭދަފުށި، ޅ ނައިފަރު އަދި ހިންނަވަރަށެވެ.

އެގޮތުން ކޯހަށް އެދޭ ދަރިވަރުނަށް އިންޕޮމޭޝަން ސެޝަނާއި ކުދިން ގެ އިންޓަވިއު ނެގުމަށްފަހު ކޯހަށް ހޮވޭ ދަރިވަރުން އަންނަ ނޮވެމްބަރ މަހު ރޯޔަލް އައިލެންޑަށް ގެންދެވޭނެއެވެ. ކޯހުގެ ހުރިހާ ހަދަރެއް އެ ރިސޯޓުން ފުރިހަމަކޮށްްދޭ އިރު ބައިވެރިވާ ދަރިވަރުންނަށް ރިސޯޓުގެ ފަރާތުން ހައްސަ އެލަވެންސެއްވެސް ދޭނެ ކަމަށް ވިލާކޮލެޖުން މައުލޫމާތު ދެއެވެ.

ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ބޮޑަށް ބަލާނީ 17 އަހަރާއި 22 އަހަރާއި ދެމެދުގެ ކުރިންނަށް ކަމަށްވެސް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.

ރޯޔަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހުގެ ތެރެއިން ޕްރެކްޓިކަލް އަދި އެކަޓެމިކް ލެކްޗާސް ދަރިވަރުންނަން ދެވިގެން ދާނެއެވެ. މީގެ އިތުރުން ފުޑް އެންޑް ބެވަރޭޖް، ފްރޮންޓް އޮފީސް އޮޕަރޭޝަންސް، ހައުސް ކީޕިން އޮޕަރޭޝަންސް ގެ ދާއިރާއިން ދަރިވަރުންނަށް ތަމްރީން ދެވިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355