twitterviber whatsapp telegramfacebookyoutube instagram
12th November 2026

ފަރޭގެ ޕެނަލްޓީ އިން ސްކައިގެ ފެށުން ރަގަޅުކޮށްފި

Oct 22, 2017

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ސްކައިގެ ކެޕްޓަން ފަރުހަތު މުހައްމަދު (ފަރޭ) ޖަހައިދިން ހަމައެކަނި ގޯލުން ސްކައި އިން ނޮޅިވަރަމްފަރުގެ މައްޗަށް ކުރިހޯދައިފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު ގުރޫޕް ބީ ގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވަނީ ނޮޅިވަރަމްފަރުންނެވެ. އެގޮތުން އެ ޓީމުން ތަނަވަސް ކުރި ފުރުސަތެއްގައި އުފެއްދި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފަ އެވެ.

ދެވަނަ ހާފު ފަށައިގެން ސްކައި އިން ކުޅުން ރަގަޅުކޮށް ކޮންޓްރޯލް ހޯދިއިރު ސްކައި އިން ލީޑު ނެގީ މެޗުގެ 55 ވަނަ މިނެޓްގަ އެވެ. މިއީ އެ ޓީމުގެ އިބްރާހިމް ތޯއިފް އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު  ޕެނަލްޓީ އަކުން ފަރޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފަރޭ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކައި ގެ ޖާޒީ ނަންބަރު 17 އިބްރާހިމް ތޯއިފް އެވެ.

މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ވާދަ ކުރާނީ ކްލަބް ކޮރަލްސް އަދި ކުރިނބީ އެވެ. މެޗު ފެށޭނީ 15:50 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293