twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފީފާ މޮޅު ކުޅުންތެރިޔާގެ މަޤާމް ރޮނާލްޑޯ އަށް

Oct 24, 2017

ފީފާ އެވާޑް ނައިޓްގައި ރޮނާލްޑޯ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ލިއޮނަލް މެސީ އަދި ނޭމާއާ ވާދަކޮށްގެންނެވެ.

މިއީ ރޮނާލްޑޯ މި މަޤާމް ވިދިވިދިގެން ހޯދި ދެވަނަ ފަހަރެވެ. އަދި މިއީ ރޮނާލްޑޯ މި މަޤާމް ހޯދި ފަސް ވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެ އެވެ. ރޮނާލްޑޯއާއެކު އެންމެ މޮޅު ކޯޗުގެ މަޤާމު ހާސިލް ކުރީ ވިދިވިދިގެން ދެ އަހަރު ރިއަލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ޒައިނުއްދީން ޒިދާން އެވެ. ޒިދާން މި މަޤާމް ހާސިލްކުރީ އެންޓޯނިއޯ ކޮންޓޭ އަދި މެސިމިލިއާނޯ އެލެގްރީއާ ވާދަކޮށްގެންނެވެ.

ފީފާއިން ހޮވާ އެންމެ މޯޅު ގޯލަށްދޭ ޕުސްކަސް އެވޯޑް ލިބުނީ އާސެނަލްގެ ފޯވާޑް އޮލިވިއާ ޖިރޫ ކްރިސްޓަލް ޕެލަސް ކޮޅަށް ސްކޯޕިއަން ކިކަކުން ޖެހި ގޯލެވެ.

ކޭލޯ ނަވާސް އަދި މެނުއެލް ނޯއާއާ ވާދަކޮށް އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު ހާސިލްކުރީ ޔުވެންޓަސް އަދި އިޓަލީގެ ގޯލްކީޕަރ ޖިއަންލުއިޖީ ބުގޮން އެވެ. ފޭން އެވާޑް ހާސިލްކުރީ ސްކޮޓްލެންޑްގެ ސެލްޓިކުންނެވެ. އެއީ ޑޯޓްމަންޑް އަދި އެފްސީ ކޮޕެންހޭގަންއާ ވާދަކޮށްގެންނެވެ.

ފީފާއިން ހޮވާ އެންމެ މޮޅު 11 ކުޅުންތެރިންނަށްދޭ ފިފްޕްރޯ އެވާޑް ހާސިލްކުރީ ބުފޮން، ޑެނީ އަލްވޭސް، ސާޖިއޯ ރާމޯސް، ލިއޮނާޑޯ ބޮނުއްޗީ، މާސެލޯ، ޓޯނީ ކުރޫސް، ލޫކާ މޮޑްރިޗް، އެންޑްރޭ އިނިއެސްޓާ، ލިއޮނަލް މެސީ، ރޮނާލްޑޯ އަދި ނޭމާ އެވެ. މީގެ ތެރެއިން ފަސް ކުޅުންތެރިން ނިސްބަތްވަނީ ރިއަލް މެޑްރިޑަށެވެ.

ފީފާއިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނެދަލެންޑްސްގެ ލިއެކް މާޓެންސް އެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކަސް ހޮވިފައިވަނީ ނެދަލެންޑްސް އަށް 2017 ގެ ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ސަރީނާ އެވެ.

މި އެވާޑް ތަކަކީ ނޮވެންބަރު 20 2016 އިން ޖުލައި 2017 އާ ދެމެދުގެ މުއްދަތަށް ބަލައިދޭ އެވާޑްތަކެކެވެ. އަދި މި އެވާޑްތަކަށް ވޯޓް ލަނީ ޤައުމުތަކުގެ ކެޕްޓަނުންނާއި، ކޯޗުންގެ އިތުރުން ބައެއް މީޑިއާތަކާއި ބައެއް ސަޕޯޓަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355