twitterviber whatsapp telegramfacebookyoutube instagram
17th February 2026

އުރީދޫއަށް އައު މެނޭޖިން ޑައިރެކްޓަރެއް އައްޔަންކޮށްފި

Oct 24, 2017

އުރީދޫގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޗެއާމަން ހާލިދު އިބްރާހިމް އަލް-މަޙްމޫދު އައްޔަންކޮށްފި އެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި ޚާލިދު މި މަގާމަށް ހަމަޖައްސާފައި ވަނީ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރު އަލްފާޟިލް ވިކްރަމް ސިންހާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

ޚާލިދު މީގެ ކުރިން ވަނީ ވަތަނިއްޔާ ފަލަސްތީން ޓެލެކޮމްގެ ވައިސް ޗެއާމަންގެ މާގާމް އަދި ޕާކިސްތާންގެ ވައި ޓްރައިބް ޓެލެކޮމްގެ ޑިރެކްޓާގެ މަގާމު ފުރުއްވާފައި އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ވަކިވެ ވިކްރަމް ސިންހަ ވަނީ އުރީދޫގެ ސީއީއޯގެ މަގާމުގައި ތިން އަހަރު ދުވަހު މަސައްކަތް ކޮށްދެއްވާފައި ވެއެވެ.

އަދި އަލަށް މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރި ޚާލިދު އިބްރާހިމް އަށް އުރީދޫއިން ވަރަށް ހޫނު މަރުހަބާއެއް ދަންނެވި ކަމަށާއި ބޯޑު މެންބަރުންގެ އިރުޝާދާއި އެހީތެރިކަމާއެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355