twitterviber whatsapp telegramfacebookyoutube instagram
25th April 2024

ށ އަތޮޅުގެ 85 އިންސަތަ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް މަޑިދޫގައި ހަދަން: ފޯކައިދޫ ކައުންސިލް

Oct 24, 2017

ށ ފަރުކޮޅުފުނަދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ އެއާޕޯޓް، އަތޮޅުގެ މެދުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ މަޑިދޫގައި ހެދުމަށް އެއަތޮޅުގެ 85 އިންސަތަ ރައްޔިތުން ބޭނުންވާކަމަށް ށ ފޯކައިދޫ ކައުންސިލުގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ށ އަތޮޅުގައި އަޅައި ފުރަތަމަ އެއާޕޯޓް އަތޮޅުގެ މެދުގައި އޮތް މަޑިދޫގައި އެޅިގެންދިއުމަކީ އެއަތޮޅުގެ 85 އިންސަތަ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

ފުނަދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމި ހިސާބުން އެއަތޮޅު ބައެއް ރައްޔިތުންވަނީ ފަރުކޮޅުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ސޯޝަލް މީޑިއާގައިވެސް ކެމްޕެއިން ފަށައިފަ އެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އެމީހުން ބުނަނީ ފުނަދޫއަކީ އަތޮޅުގެ ދެކުނު ބިތުގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކާއި ދުރުގައި އޮންނަ ރަށަކަށް ވުމުން ކަމަށެވެ. އެގޮތުން ށ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު އެތަނުން 11 ރަށް އޮންނަނީ ފުނަދޫއާ ދުރުގަ ކަމަށާއި އެއަށްވުރެ އަތޮޅުގެ މެދުގައި އޮންނަ މަޑިދޫއަށް އެއާޕޯޓް ބަދަލުކުރުމަށް އެދޭ ކަމަށެވެ.

ރާޝިދު މީގެ ކުރިން ދެއްވި އިންޓަވިއުގެވެސް ވިދާޅުވެފައިވަނީ އަތޮޅުގެ 11 ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް މަޑިދޫގައި އަޅަން ކަމަށެވެ. ފުނަދޫގައި އެއާޕޯޓް އެޅުމަކީ ބޭކާރު ވައުދެއް ފުއްދަން އުޅުން ކަމަށާއި އެކަމުން ށ އަތޮޅުގެ އެއްވެސް ރައްޔިތަކަށް ވާނެ ފައިދާއެއް ނޯނާނެ ކަމަށްވެސް އޭނާވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355