twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަގުހުރި އިނާމުތަކާއެކު ދިރާގު ޓީވީއިން ޕްރޮމޯޝަނެއް ފަށައިފި

Oct 24, 2017

ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި މިކަމަށް ބޭއްވި ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހް ކުރެއްވީ ދިރާގު ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަހްމަދު މައުމޫން އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ސޮނީ ޕިކްޗާރސް ނެޓްވޯކް ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް އަދި އެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ޓީވީގެ ހިދުމަތް ހޯއްްދަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެލްޖީ 65 އިންޗްގެ k4 ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑްބާ އެއް ދިނުމަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

ސޮނީ ޕިކްޗާރސް ނެޓްވޯކްސް (އެސްޕީއެން) ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް ދިރާގު ޓީވީގައި ބްރޯޑްކާސްޓް ކުރާ ސޮނީގެ ބައެއް ޗެނަލްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ދިރާގު ޓީވީގައި މިހާރު ސޮނީ އީއެސްޕީއެން އެޗް، ސޮނީ ޓެން ޗެނަލްސ، ސޮނީ އެޗްޑީ، ސެޓް މެކްސް އެޗްޑީ އަދި ސޮނީ ޕިކްސް އެޗްޑީ އާއިއެކު ޖުމްލަ 11 ޗެނަލެއް ދިރާގުޓީވީން ލިބިގެންދާނެ ކަމަށެވެ.

އަދި މަޝްހޫރު ކުޅިވަރު އިވެންޓްތައް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ މަޝްހޫރު ގިނަ ފުޓުބޯޅަ ލީގްތައް ހިމެނުމުގެ އިތުރުން ހަމައެކަނި ދިރާގު ޓީވީން ބަލާލަން ލިބޭ ސޮނީ ރޮކްސް ހިމެނޭ ކަމަށް ސުޝިލް ވިދާޅުވިއެވެ.

ދިރާގު ޓީވީން ފޯރުކޮށްދެމުން އަންނަ 80 އަށްވުރެ ގިނަ ޗެނަލްގައި 70 ޕަސެންޓް ޗެނަލްތަކަކީ އެޗްޑީ ޗެނަލެވެ. ދިރާގު ޓީވީން ފޯރުކޮށްދޭ ޗެނަލްތަކަކީ ފިލްމާއި ޑްރާމާ، މިއުޒިކް، ކުޅިވަރު އަދި ތަފާތު ޑޮކިއުމެންޓްރީތައް ހިމެނޭ ޗެނަލްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355