twitterviber whatsapp telegramfacebookyoutube instagram
20th April 2025

މިފަހަރުވެސް މޯލްޑިވިއަން އައިޑޮލް ގެ ޓައިޓަލް ސްޕޮންސާއަކަށް ދިރާގު

Oct 25, 2017

މޯލްޑިވިއަން އައިޑޮލް 3 ގެ ޓައިޓަލް ސްޕޮންސާއަކަށް މި އަހަރުވެސް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި “މޯލްޑިވިއަން އައިޑޮލް 3” ގެ ޓައިޓަލް ސްޕޮންސަރުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު އަދި މޯލްޑިވިއަން އައިޑޮލް ބާއްވާ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ ވިދާޅުވީ އެ ކުންފުނިން މޯލްޑިވިއަން އައިޑޮލް 3 ގެ ބައިވެރިއަކަށްވީ، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ޒުވާނުންނަށް ހާއްސަކޮށް ހިންގާ ކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އިސްކަންދޭ ކަމެއް ކަމުން މިއަހަރުވެސް ދިރާގުން ބައިވެރިވީ ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ ދިރާގަކީ ޓީވީއެމާއި އަޑުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއް ކަމަށާއި ދިރާގުގެ ބައިވެރިވުން ނެތި އެއްވެސް ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް އަދި ދެ އެއްގެ ޓައިޓަލް ސްޕޮންސަރަކީވެސް ދިރާގު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355