twitterviber whatsapp telegramfacebookyoutube instagram
19th February 2026

ލިއޯގެ އާ ލޯބިވެރިއަކީ ނެލްސަންގެ މޮޑެލްއެއް!؟

Oct 28, 2017

ޓައިޓޭނިކްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ގެ އާ ލޯބިވެރިއަކީ ނެލްސަން ގެ މޮޑެލްއެއްކަމަށް ހަބަރުތަކުން ބުނެފިއެވެ.

އުމުރުން 19 އަހަރުގެ ޖޫލިއެޓް ޕާރކިންސް އެކު ލިއޯ އެންމެ ފުރަތަމަ ކެމެރާތަކަށް އަރާފައިވަނީ ލޮސްއެންޖެލިސްގެ ނައިޓް ކުލަބަކުން ނިކުންމެގެން ކާރަށް އަރަނިކޮށެވެ.

މިދިޔަ އޮގަސްޓް މަހާ ހަމައަށް މި އަހަރުގެތެރޭގައި ލިއޯ މޮޑެލްއަކާއި އެކު ފެނުނު މިއީ 5 ވަނަ ފަހަރެވެ. އަދި ލިއޯ ނިއުޒިލެންޑްގެ ފެންގަރޭއީއަށް ބަދަލުވާ ވާހަކަތަކެއްވެސް މިދޭތެރެއިން އިވިފައިވާ އިރު ލިއޯ ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ.

ޖޫލިއެޓް މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އުމުރުން 15 އަހަރުގަ އެވެ. ޖޫލިއެޓް އުފަންވެފައިވަނީ ލިއޯގެ ކާމިޔާބު ފިލްމު ޓައިޓޭނިކް ރިލީޒް ކުރިތާ އަހަރެއްފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355