ކުޅުދުއްފުށީ ހިންގާ ކާނިވަލު ގެސްޓް ހައުސް އައި، ފުރަތަމަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. އިނގިރޭސިވިލާތުގެ ރޯޒީ ނަމަކަށް ކިޔާ މި ޓޫރިސްޓް އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެެވެ.
ރޯޒީއަށް މަރުހަބާއެއް ކިޔުމަށް އެ ގެސްޓު ހައުސްއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.
ކާނިވަލް ގެސްޓް ހައުސްއަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ– ފޮޓޯ: ސްނެޕް
ދިހަ ދުވަހުގެ މުއްދަތަށް އޭނާ ކާނިވަލުގައި ހޭދަކުރުމަށް ވަނީ ހަމަޖެހިފައި އެވެ. ކާނިވަލް ގެސްޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތްގައި ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު ބޮޑަށް މާކެޓް ކުރަނީ ވިލާތުގަ ކަމަށެވެ.
އެގޮތުން އަންނަ ޖެނުއަރީން ފެށިގެން އިނގިރޭސިވިލާތުގެ ބައެއް ޔުނިވާސިޓީތަކުގެ ދަރިވަރުންވެސް އެ ގެސްޓް ހައުސްއަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން ބަޙުރެން އާއި ޗައިނާއިންވެސް ޓޫރިސްޓުން އައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާނިވަލް ގެސްޓް ހައުސްއަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ– ފޮޓޯ: ސްނެޕް
4 ތަރީގެ މިގެސްޓް ހައުސްއެއް ހުޅުވާ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރު އެވެ.