twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުޅި ހިއްކުވުން ހުއްޓުވުމަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފި

Oct 30, 2017

ކުޅުދުއްފުށީ ކުޅި ހިއްކުވުން ހުއްޓުމަށް އެދި އަމިއްލަ ފަރާތްތަކުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބާތިލުކޮށްފި އެވެ.

އަމިއްލަ ހައިސިއްޔަތުން ކުޅުދުއްފުށީ، ޗަންޕާގެ/ މުހައްމަދު އާދަމް އިއްޔެ ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހިމާޔަތްކޮށްފައިވާ ކުޅުދުއްފުށީ ކުޅި ހިއްކުވުން ހުއްޓުވުމުގެ އަމުރަކަށެވެ.

މައްސަަލަ ބެއްލެވި ގާޒީ މުހައްމަދު ނިޔާޒު ސޮއިކުރައްވާ މުހައްމަދު އާދަމަށް ފޮނުންވި ލިޔުމުގައި ވަނީ ދައުވާއެއް ކޯޓަށް ބަލައިގަނެވޭނީ ދައުވާކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތްކަން ބަޔާންކޮށްގެން ކަމަށާއި މުހައްމަދު އާދަމު ހުށަހެޅި މައްސަލާގެ ހައިސިއްޔަތު އެނގެން ނެތް ކަމަށެވެ.

ދައުވާ ކުރާ ހައިސިއްޔަތަކީ “އަމިއްލަ” އަށް ދައުވާކުރާ ހައިސިއްޔަތު އެކަނި އޮތުމުން ބަޔާން ކޮށްލުމުން ނުފުދޭ ކަމަށެވެ. ދައުވާ ކުރާ މީހާގެ ގާނޫނީ ހައްގު ނުވަތަ މަސްލަހަތު ދައުވާކުރާ މައުލޫއާ ގުޅިފައިވާ ގޮތް ބަޔާން ކޮށްދޭންޖެހޭނެ ކަމަށާއި މައްސަލާގައި މުހައްމަދު އާދަމަށް ގެއްލޭ ހައްގަކީ ކޮބައި ކަމެއް އަދި މަސްލަހަތަކީ ކޮބައި ކަމެއް ވެސް ބަޔާން ކޮށްފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން މަސައްކަތް ކުރާތީ އެމައްސަލަ ވަނީ ވަރަށް ހޫނުވެފައި އެވެ. އެކަމުގައި ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355