twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުނަށް އެވޯޑް ދީފި

Nov 7, 2017

15 އަހަރަށްވުރެ ގިނަ ދުވަހު ބޭންކް އޮފް މޯލްދިޑްސްއަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ހިދުމަތް ފާހަގަކޮށް ރޭ އެފަރާތްތަކަށް އެވޯޑް ދީފިއެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

35 އަހަރު ބޭންކަށް ހިދުމަތްކޮށްދީފައިވާ ތިން މުވައްޒަފުންކަމަށްވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، އިސްލާމިކް ބޭންކިންގ ޑިރެކްޓަރ ފާތިމަތު މަނިކެ އަދި ސީނިއަރ ފެސިލިޓީސް އޮފިސަރ މޫސާ މުހައްމަދު އަށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ. މި ހަފްލާގައި ޖުމްލަ 24 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ.

އެވޯޑް ލިބުނު ފަރާތްތަކާ މުހާތަބްކޮށް ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އެތައް އަހަރެއްވަންދެން އެ ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި ފަރުވާތެރިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަކިވަކިން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި އެ ބޭފުޅުން ކޮށްދެއްވާފައިވާ ގިނަ ގުނަ ހިދުމަތުގެ އަގުވަޒަންކޮށް މިފަދަ ޝުކުރުގެ އިނާމެއް ދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިގު މުއްދަތަށް ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އެ ބޭންކަށް ވަނީ ” އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355