twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ކައުންސިލަރުން ޖަލްސާއަށް ހާޒިރުވުމުން އެނގެނީ ރަށުގެ ތަރައްގީއަށް އިސްކަންދޭކަން: ނިހާން

Nov 12, 2017

ކުޅުދުއްފުށީ އެއާޕޯޓުގެ ބިން ހިއްކުމުގެ ރަސްމީ ޖަލްސާގައި އަށް ކުޅުދުއްފުށީ އެމްޑީޕީ ކައުންސިލަރުންނާއި ހދ އަތޮޅުގެ ކައުންސިލަރުން ބައިވެރިވުމުން އެނގިގެންދިޔައީ ޕާޓީއަށް ވުރެ ރަށުގެ ތަރައްގީ މުހިއްމުކަން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ކުޅުދުއްފުށީގެ ކައުންސިލަރުން ތިއްބެވީ ރީނދޫ ޓައި އަޅައިގެންނެވެ. އަދި ހދ އަތޮޅު ކައުންސިލުގެ މެމްބަރުވެސް ތިއްބެވީ ޕާޓީގެ ޓައި އަޅައިގެންނެވެ.

Kulhudhufushi Airport Ge Bin Hikkumuge Jalsaa ah KF MDP Councilors haaziruvi kamee Party Ah vure Rashuge Tharaggee Muhimmu kan Angaidhey Aligadha Dhaleeleh. pic.twitter.com/6SxZ2h8380

— Ahmed Nihan (@ahmed_nihan) November 12, 2017

ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ ޖަލްސާއަށް ކުޅުދުއްފުށީ އެމްޑީޕީ ކައުންސިލަރުން ހާޒިރުވި ކަމީ ޕާޓީއަށްވުރެ ރަށުގެ ތަރައްގީ މުހިންމުކަން އަންގައިދޭ އަލިގަދަ ދަލީލެއް ކަމަށެވެ.

އެއާޕޯޓް ބިން ހިއްކުމުގެ ޖަލްސާއަށް ވަޑައިގެންނެވި ކައުންސިލް މެމްބަރުން–

މިރަސްމިއްޔާތުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355