twitterviber whatsapp telegramfacebookyoutube instagram
23rd July 2025

މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަށް މިއަހަރު އިހަވަންދޫގަ

Nov 17, 2017

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ހއ އިހަވަންދޫގައި ބާއްވަން ހަމަޖައްސައިފި އެވެ. މަސްވެރިންގެ ދުވަސް އޮންނާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަށް އިހަވަންދޫގައި ބާއްވަން ނިންމާފައިވާއިރު އެދުވަހަށް އެރަށު ތެރެ ތައްޔާރުކުރުމަށް އިހަވަންދޫގެ ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަށް ކުލަގަދަކޮށް އެރަށުގައި ބާއްވަން ނިންމާފައިވާއިރު ދާދި ފަހު ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީވެސް ވަނީ އެރަށަށް ޒިޔާރަތްކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ފަށާފައިވަނީ 1981 ވަނަ އަހަރު އެވެ. މަސްވެރިންގެ އަގުވަޒަން ގޮތުން ފާހަގަކުރާ މިދުވަސް މިދިޔަ އަހަރު ގައުމީ ފެންވަރެއްގައި ފާހަގަކޮށްފައިވަނީ ގއ. ގެމަނަފުށީގަ އެވެ.

ރާއްޖޭގެ އުތުރުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ރަށަކީ އިހަވަންދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355