ގަވައިދުން ކަސްރަތު ކުރިނަމަވެސް ގިނަ ބަޔަކަށް ފިޓްކޮށް ހުރުމަށް ދިމާވާ ގޮންޖެހުމަކީ ކާނާ ކާންވީ ރަނގަޅު ވަގުތު ނޭނގުމެެވެ. އެ ވަގުތަކު ހަށިގަނޑަށް އެންމެ ރަނގަޅު ވާނީ ކޮން ބާވަތެއްގެ ކާނާއެއް ކަމެއް ނޭނގުމެވެ. އެހެން ކަމުން ކުރި ކަސްރަތުގެ އެއްވެސް ރާހަތެއް ހަށިގަނޑަށް ނުކުރާތަން އާދެއެެވެ. އެހެން ކަމުން ކަސްރަތު ކުރުމަށްފަހު އެކުމަށް އެންމެ ރަނގަޅު ބައެއް ކާނާ ހިމަނާލަމެެވެ.
ކިވީ
ކިވީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ޕޮޓެންޝިއަން ހިމެނެއެވެ. އަދި ކިވީގައި ހިމެނޭ އެންޓިއޮކްސިޓެންޓްގެ ސަބަބުން މަސްތަކަށް ދިމާވެފައި ހުންނަ ގެއްލުންތަށް އަވަހަށް ރަނގަޅުވުމަށް މަގުފަހި ކޮށްދެއެވެ.
ދޮންކެޔޮ
ކަސްރަތު ކުރުމަށްފަހު ވެފައި ހުންނަ ވަރުބަލިކަން ފިލުވާލާ އަވަހަށް ހަށިގަނޑަށް ހަކަތަ ބޭނުންވާނަމަ އެންމެ ރަނގަޅީ ދޮންކޭލެެވެ. ދޮންކޭލުން ލޭގެ ހަކުުރު ހިމެނޭ މިންވަރު ހަމައަކަށް އަޅުވާލައެވެ. މީގެ އިތުރުން ޕްޓެންޝިއަމްވެސް ގިނަ އަދަދަކަށް ހިމެނުމާއިއެކު ދޮންކޭލުގައި ހިމެނޭ މިނަރަލްސް އަކީ ތިމާގެ ހިތަށާއި މަސަލްސްތަކަށް ފައިދާ ހުރި އެއްޗެކެވެ.
އޯޓްމީލް
އޯޓްމީލުން ހަށިގަނޑުގެ ވަރުބަލިކަން ވަރަށް އަވަހަށް ފިލުވައިދެއެވެ. އެގޮތުން ހެނދުނުގެ ކަސްރަތަށް ފަހު އޯޓްމީލްއަކީ ކެއުމަށް އެންމެ ރަނގަޅު އެއްކާނާއެވެ. އެގޮތުން ކޮލެސްޓްރޯލް ލެެވެލް ދަށްކޮށްދީ ދުވަސް ފެށުމަށް ބެނުންވާ ހަކަތަ ހަށިގަނޑަށް ގެނުވައިދެއެވެ.