twitterviber whatsapp telegramfacebookyoutube instagram
7th June 2026

އެސްޓީއޯއިން “ޕޮނިމޯ” ރަސްމީކޮށް ބާޒާރަށް ނެރެފި

Nov 22, 2017

އެސްޓީއޯ ސްޕަމާރޓްއިން ބޮޑެތި މީހުންނަށް ހާއްސަ ނެޕީ ބްރޭންޑެއްކަމަަަށްވާ “ޕޮނިމޯ” ރަސްމީކޮށް ބާޒާރަށް ނެރެފި އެެވެ.

އެސްޓީއޯ ސްޕަމާރޓްއިން “ޕޮނިމޯ” ބްރޭންޑް މިއަަދު ރަސްމީކޮށް ބާޒާރަށް ނެރެފައިވާއިރު ރާއްޖޭގެ ބާޒާރުގައި ހުންނަ ބޮޑެތި މީހުންނަށް ހާއްސަ ނެޕީއެކޭ އެއްގޮތައް “ޕޮނިމޯ” ގެ 2 ސައިޒު (މީޑިއަމް އަދި ލާޖް) ލިބެންހުންނައިރު ކޮންމެ ސައިޒަކުންވެސް 2 ޕެކް (30 ނެޕީގެ ޕެކް އަދި 15 ނެޕީގެ ޕެކް) ލިބެންހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ސީދާ ތުރުކީން ރާއްޖެއެތެރެކުރާ “ޕޮނިމޯ” ގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރަށް އެސްޓީއޯ ވެފައިވާއިރު “ޕޮނިމޯ” އަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ އަގުހެޔޮ އަދި ކޮލިޓީ ރަނގަޅު ބޮޑެތި މީހުންނަށް ހާއްސަ ނެޕީ ބްރޭންޑްކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިގޮތުން މިއަދު ބާޒާރަށް ނެރެފައިވާ “ޕޮނިމޯ” ފަރުމާކޮށްފައިވަނީ ބޭނުންކުރައްވާ ބޭފުޅުންގެ ހަންގަނޑަށް އަރާމާއި ހިންހަމަޖެހުން ލިއްބައިދޭނޭގޮތަށެވެ. އަދި ބޭނުންކުރައްވާ ބޭފުޅުންނަށް ތެއްކަން އިހުސާސް ނުވާނޭގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ.

“ޕޮނިމޯ” ބާޒާރަށް ނެރުމާއި އެކު އެސްޓީއޯ ސްޕަރމާޓް އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާރމަސީ ތަކުންވެސް މިހާރު “ޕޮނިމޯ” ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355