ތިން ވަނަ ރީޖަނަލް އެސްއެމްއީ ފައިނޭންސް ފޯރަމް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. ކުޅުދުއްފުށީގައި ފެށި މި ފޯރަމަކީ ހދ އަތޮޅުގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފެށި ފޯރަމެކެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު 8 ން ހަވީރު 4 ށް ކުރިއަށް ގެންދާ މި ފޯރަމުގައި މިއަތޮޅުން 150 ބައިވެރިން ބައިވެރިވި އެވެ.
އިކޮނިމޮކް މިނިސްޓްރީ އެންޓަޕްރައިޒް ޑިވެލޮޕްމެންޓް އަދި ބިޒްނަސް ސެންޓަރާއި ގުޅިގެން ކުރިއަށްގެންދާ މި ފޯރަމުގައި ވިޔަފާރީ އާއި ގުޅޭ މައުލޫމާތުދީ ވިޔަފާރީ ކުރިއެރުވުމަށް ފައިނޭސްގެ ގޮތުން އެހީވުމަށް ދެވެން ހުރި ފުރުސަތުތަކާއި އަދި އެހީ ބޭނުންވާ ފަރާތަކަށް އެހީ ދޭ ފަރާތަތްތަކާއި ގުޅުވާލެވިގެން ދާނެކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.
ފޯރަމުގެ ތެރެއިން–
އެގޮތުން މި ފޯރަމްގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކު ލޯން ސްކީމްތަކާއި ބެހޭގޮތުން ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި އިކޮނިމިކް މިނިސްޓްރީން ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ކުރިއެރުވުމަށް ކުރިއަށްގެންދާ މަޝްރޫއުތަކާއި ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދެވިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނިމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގް ވިދާޅުވީ މިއަދު ކުޅުުދުއްފުށީގައި ފެށިގެން މިދަނީ އެސްއެމްއީ ތަރުތީބުކުރުމަށްޓަކައި ކުރިއަށްގެންދާ ގިނަ މަސައްކަތްތަކެއްގެ ތެރެއިން އެއް މަސައްކަތް ކަމަށާއި ވޭތުވެ ދިޔަ 4 އަހަރު ރާއްޖެގެ 6 ސަރަހައްދެއްގައި މިފަދަ މަރުކަޒުތައް ގާއިމްކޮށް މަރުކަޒުތައް މެދުވެރިކޮށް އެކިފަރާތްތަަކަށް އަމާޒުކުރެވިގެން ޕްރޮގްރާމުތައް ހިންގިފައިވާނެކަމަށެވެ.
އެގޮތުން ސަރުކަރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި އުފެއްދުންތެރިކަން އިތުރު ކުރުމައި އެކު އަދި ވިފަޔާރިވެރިންނަކީ ލޯހުޅުވިފައި ތިބި ބަޔަކަށް ހެދުންކަމަށް މިނިސްޓަރުގރ ވާހަކާގައި ފާހަގަ ކުރެއްވި އެވެ.
އެސްއެމްއީ ފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވާހަކަދައްކަވަނީ–
އެސްއެމްއީގެ ފުރަތަމަ ފޯރަމް ކުރިއަށްގެން ގޮސްފައިވަނީ އައްޑޫ އަދި ފުވައްމުލަކުގެ ވިޔަފާރީތަކަށް އަމަޒުކޮށްގެން ސ.ގަމުގައެވެ. އަދި 2 ވަނަ ފޯރަމް ކުރިއަށްގެންގޮސްފައިވަނީ މ.މުލަކުގައެެވެ.
މިއަދު ފެށުނު މި ފޯރަމުގައި ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅު ގެ އެހެން ރަށްރަށުގެ ވިޔަފާރީވެރިންވެސް ވަނީ ބައިވެރިވެފައެވެ.