twitterviber whatsapp telegramfacebookyoutube instagram
11th November 2026

އެސްޓީއޯއިން ވިއްކާ ޑީސަލް އާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

Nov 26, 2017

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަދުން ފެށިގެން ޑީސެލް ލީޓަރަކުން 0.44 ލާރި އަގު ބޮޑުވާނެ ކަމަށާއި ޕެޓްރޯލް ލީޓަރަކުން 0.35 ލާރި ބޮޑު ވާނެ ކަމަށެވެ.

އެގޮތުން މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުންނާނީ 9.61 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.87 ރުފިޔާއަށް ކަމަށެވެ.

މި އަހަރުގެ އޮގަސްޓް މަހުވެސް ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރެއް 9.17 އަށް އަދި ޕެޓްރޯލް ލީޓަރެއްގެ އަގު 9.52 ރުފިޔާއަށް ބޮޑުކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293