twitterviber whatsapp telegramfacebookyoutube instagram
7th May 2025
ADVERTISEMENT

ކޮންމެ ދުވަހަކު ނޯޓް 8 ގެ ފޯނެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށަނީ

Nov 27, 2017

އެއް މަސްދުވަސް ވަންދެން ކޮންމެ ދުވަހަކު ސެމްސަންގް ނޯޓް 8 ގެ ފޯން ލިބޭ ޕްރޮމޯޝަންއެއް އުރީދޫއިން މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންއަކީ “އެންޖޯއި ދަ އިންޓަނެޓް” ކެމްޕެއިނުގެ ދަށުން ކަސްޓަމަރުންނަށްދޭ ހަދިޔާއެއް ކަމަށާއި މިއީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެގޮތުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެދުވަހަކު މަދުވެގެން 99ރ. ގެ ޑޭޓާ ނެގުމުން ކަމަށާއި ފޯނު ލިބޭނީ އޭގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ކަމަށެވެ. އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކާއި މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުތަކުން ޑޭޓާ ނެގުމުން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނާއި އެ ކުންފުނީގެ މޮބައިލް އިންޓަނެޓް ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުންނާއި، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓްތަކުން ލިބޭނެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com