twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނަމާދުކުރުން މަނާކޮށް، މަސްޖިދުލް ރަހްމާން ބަންދުކޮށްފި

Dec 25, 2017

ނަމާދުކުރުން މަނާކޮށް މަސްޖިދުލް ރަހްމާން ބަންދުކޮށްފި އެވެ.

ނަމާދު ކުރުމަށް ބޭނުންކުރަމުންދިޔަ މަސްޖިދުލް ރަހްމާން ބަންދުކޮށްފި އެވެ. އެމިސްކިތަކީ މީހުން ވަޅުލުމަށް ބޭނުންކުރަމުންދާ ގަބުރުސްތާނެއްގައި މެދުގައި ހަދާފައި ހުރި ކުޑަ މިސްކިތެވެ.

މި މިސްކިތުގައި ނަމާދު ނުކުރާ ގޮތަށް ހަމަޖައްސައި، ބަންދުކޮށްފައިވަނީ އިއްޔެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ވިދާޅުވީ ގަބުރުސްތާނުގައި ހަދާފައިވާ މިސްކިތަކަށްވުމުން އަބަދުވެސް ރައްޔިތުންގެ ޝަކުވާ އެކަމުގައި ކައުންސިލަށް ލިބެމުންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތް ބަންދުކުރީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.

” ގަބުރުސްތާނު މިސްކިތްތަކުގައި ނަމާދުކުރާ މައްސަލަތަކުގައި ކައުންސިލަށް ދިޔައީ އަބަދުވެސް ލިބެމުން، އިސްލާމިކް މިނިސްޓްރީންވެސް ބޮޑަށް ބާރުއަޅަނީ އެކަހަލަ ކަންކަންނުކުރަން. މިނިސްޓްރީގެ ލަފާގެ މަތިން ބަންދުކޮށްފައި އެހުރީ ” އަބުދުލް ލަތީފް ވިދާޅުވި އެވެ.

މަސްޖިދުލް ރަހްމާން، ގަބުރުސްތާނުގައި ހުރި މިސްކިތަކަށްވާތީ ނަމާދުކުރުން މަނާކޮށް، މިސްކިތް ވަނީ ބަންދުކޮށްފަ–

ލަތީފް ވިދާޅުވީ އެމިސްކިތުގައި ނަމާދުުކުރާތި ވަރަށް ކުރިންސުރެ ޝަކުވާ ލިބެމުންދިޔަ ކަމަށެވެ. މިހާރުވެސް ވަރަށް ގިނަ ކަންކަމުގައި ރައްޔިތުންގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ހައްލުވެގެން އަދި މިދިޔައީ އެންމެ މައްސަލައެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެފަދަ “ބިދުއަވެރި” ކަންކަމާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަށް ހައްލުކުރައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

މަސްޖިދުލް ރަހްމާނަކީ ވަރަށް ކުރިންސުރެ މީހުން ނަމާދުކުރަން ބޭނުންކުރި މިސްކިތަކަށް ވިޔަސް ގަބުރުސްތާނުގައި ހަދާފައި މިސްކިތްތަކުގައި ނަމާދުކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން ފަތުވާދޭން ފެށުމުން އެމިސްކިތަށް ނަމާދަށްދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355