twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑްރައިޑް ފްރްޓްސް، ތާޒާ މޭވާއަށް ވުރެ ފައިދާ ބޮޑު

Dec 30, 2017

ޑްރައިޑް ފްރްޓްސްއަކީ އާންމު ގޮތެއްގައި ލުއި ކާނާއެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ތާޒާ މޭވާއަށް ވުރެ ޑްރައި ޕްރްޓްސްގައި ބައެއް ވިޓަމިން އަދި މިނަރަލްސް ގިނަ އަދަދަކަށް ހިމެނޭ ކަމެވެ.

އެގޮތުން ފައިބާ، ފޮލޭޓް، ޕޮލިފީނޯ އަދި އެންޑިއޮކްސިޑެންޓް ޑްރައި ފްރްޓްސްގައި ގިނަ އަދަދަކަށް ހިމެނެއެވެ. ޕޮލިފީނޯ ލޭދައުރު ކުރުން ރަނގަޅުކޮށްދީ ހަޖަމްކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. އަދި އެކި ބަލިތަކުންވެސް ދުރުކޮށްދިނުމަށް ޕޮލިފީނޯ އެހީވެދެއެވެ. މީގެ އިތުރުންވެސް ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހިމެނެެއެެވެ.

ޑްރައި ފްރްޓްސްގެ ތެރެއިންވެސް އެންމެ ފާހަކަ ކޮށްލެވެނީ މޭބިސްކަދުރެވެ. އެގޮތުން ހިކި މޭބިސްކަދުރުގައި ގިނަ އަދަދަކަށް ފައިބާ، ޕްޓެންޝިއަމް ހިމެނެއެވެ. މީގެ އިތުރުން ލޭމައްޗަށް ދިއުން، ހިތުގެ ބަލިތަކުން ދުުރުކޮށްދީ، ލޭގައި ހަކުރު ހިމެނޭ ވަރު ދަށްކޮށްކުރުމަށްވެސް ހިކި މޭބިސްކަދުރަކީ ރަނގަޅު އެއްޗެކެވެ.

ދެން ފާހަކަ ކޮށްލެވޭ އަނެއް މޭވާއަކީ ޕްލަމްސް އެވެ. ހިއްކާފައި ހުންނަ ޕްލަމްސްގައި ގިނަ އަދަދަކަށް ފައިބާ، ޕްޓެމްޝިއަމް، ވިޓަމިން އޭ، ވިޓަމިން ކޭ ހިމެނެއެވެ. އަދި މިއީ ކޮލެސްޓްރޯލް ދަށްކުރުމަށް ރަނގަޅު އެއްޗެކެވެ.

ކަދުރަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު އެއްޗަކަށް ވާއިރު މިއީ ވެސް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އެގޮތުން ކަދުރުގައި ޕްޓޭޝިއަމް، އަޔަން އަދި ފައިބާ ހިމެނެއެވެ. އަދި މިއީ ހަކުރު ބަލި ހުންނަ މީހުންނަށް ވަރަށް ފައިދާ ހުރި މޭވާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355