twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ ރަށްވެރިގެ އިން ބިން ދޫ ކުރުމަށް ކުރި އިއުލާން ބާތިލް ކޮށްފި

Dec 31, 2017

ރަށްވެހިގެއިން 4 ބިމެއް ކުއްޔަށް ދޫކުރުމަށް ހދ އަތޮޅު ކައުންސިލުން މި މަހު 25 ގައި ކުރި އިއުލާން ބާތިލްކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ އިއުލާން ބާތިލް ކޮށްފައިވަނީ ލޭންޑް ޔޫސް ޕްލޭންގެ ބިން ކުއްޔަށް ދޫކުރުމުގެ ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާތީ މިވަގުތު އެއްވެސް ބިމެއް ކުއްޔަށް ދޫނުކުރުމަށް އަންގާފައިވާތީ ކަމަށެވެ.

ގަވައިދުތަކަށް ބަދަލު ގެނެސް ނިމުމުން ބިން ކުއްޔަށް ދިނުމަށް އަލުން އިއުލާން ކުރެވޭނެ ކަމަށާއި އެހެންނަމަވެސް އަލުން އިއުލާން ކުރެވޭނެ ތާރީހެއް ބުންނަ ނޭނގޭކަމަށް އާތިފް ވިދާޅުވި އެވެ.

ހދ އަތޮޅު ރަށްވެހިގެއިން ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ވިޔަފާރީގެ އެކި ކަންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355