twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޑައެޓް ކުރިއަސް ނުހިކެނީ މިހެންވެ !

Jan 1, 2018

ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު ބޭނުންވާއިރު އެތަނުން ބައެއް މީހުންގެ ސުވާލަކީ “ބަރުދަން ލުއި ނުވަނީ ކީއްވެހެއްޔެވެ؟” އެ ސުވާލަށް ބައިވަރު ޖަވާބުވެސް އެބަހުއްޓެވެ.

ފުރަތަމަ ޑައެޓެއް ކުރާއިރު ކެއުން ވަކި ގޮތަކަށް ބައްޓަށް ކުރުން ވަރަށް މުހިއްމެވެ. ޖާރނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޑައެޓް ކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބަރުދަން ލުއިނުވާތީ އެ މައްސަލަ އެމީހުންގެ ޓްރެއިނަރުން ނުވަތަ ޑޮކްޓަރުން ގާތު ޖައްސައެވެ.

މިއީ ޖަވާބު ދޭން ފަސޭހަ ސުވާލެއް ނޫނެވެ. ސަބަބަކީ ބަރުދަން ލުއި ނުވާ އެކި ސަބަބުތައް ހުރި އިރު އެކި މީހުން ލުއި ނުވަނީ އެކި ސަބަބުތަކާ ހުރެއެވެ. އެހެންނަމަވެސް އާންމުކޮށް ޑައެޓްގަ ހެދޭ ގޯސްތައް ހިމަނާލާނަމެވެ.

މާ ގިނައިން ކެލޮރީސް ބޭނުން ކުރެވުން

މިއީ އެންމެ ފަސޭހައިން ހައްލު ކުރެވިދާނެ ގޯހެވެ. މީހުންނަށް އާންމުކޮށް ނޭނގި ނަމަވެސް ކެލޮރީސް ހުންނަ ކާނާ ގިނައިން ބޭނުން ކުރެވެއެވެ. ހާއްސަކޮށް ޑައެޓް ގެ ތެރޭގައި ކާން ވަކި ހާއްސަ ވަގުތު ތަކެއް ކަނޑަައަޅާފައި ހުންނައި އިރު ކެއުމުގެ ދެ ގަޑި ދޭތެރޭ ކެވޭ “ސްނޭކްސް” ނުވަތަ ލުއި ކާނާގައި ކެލޮރީސް ހިމެނޭ ނަމަ ޑައެޓް ކުރުމުގެ އެއްވެސް ފައިދާ އެއް ނުފެންނާނެއެވެ.

ޑައެޓަށް މާ ބޮޑަށް ދޫދިނުން

ޓެކްނޮލޮޖީ ކުރި އަރާފައިވާ މި ޒަމާނުގައި ގިނަ ބަޔަކީ ޑައެޓް ކުރަން ވަކި ހާއްސަ އެޕްލީކޭޝަން އެއް ގެންގުޅޭ މީހުންނެވެ. ސަބަބަކީ އޭގައި ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަސްރަތުތަކާއި ކާްން ޖެހޭ ކަނާތައް ހިމަނާފައި ހުރުމެވެ. އެގޮތުން ގިނަ އެޕްލިކޭޝަން ތަކުގައި ރެސްޓް ޑޭ އެއްގެ ގޮތުގައި ހަފްތާއަކު ދުވަހެއް ދީފައި އިންނާނެއެވެ. އެ ދުވަހަކު އެކްސަޒައިސް ކުރުމެއްވެސް ނީންނާނެއެވެ. އެެހެން ކަމުން އެ ދުވަހު އޮންނީ ޑައެޓަށް ބޯ ނުލެބިފަ ކެއުމަށް ނުބެލިފަ އެވެ. އެހެން ވެއްޖެނަމަ ތިމާ ބަރުދަން ލުއިވުމަށް އެޅޭ ހުރަހަކަށް އެކަން ވެގެން ދެއެވެ.

ރަގަނޅު ކާނާ ވިއަސް މާ ގިނައިން ކެވުން

ކޮންމެ ބާވަތެއްވެސް އަހަރެމެންގެ ހަށިގަނޑަށް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އެއީ ތަރުކާރީ ކަމަށް ވިއަސް، މޭވާ ކަމަށް ވިއަސް އެކުން ގެންގުޅެން ޖެހޭނީ ވަކި މިންގަނޑެއްގަ އެވެ، ބައެއް ފަހަރު ދިމާވާ މައްސަލައަކީ ދުޅަހެޔޮ ކާނާއިން ގެއްލުމެއް ނުލިބޭނޭ ހިތާ މާގިނައިން އެ ބޭނުން ކުރެވުމެވެ. މިކަމުގެ ސަަބަބުން ބޭނުންވާ ވަރަށް ވުރެ ގިނައިން ކާބޯހައިޓްރޭޑް ނުވަތަ ކެލޮރީސް ހަށިގަނޑަށް އެތެރެ ވުމެވެ. އެހެންކަމުން ކާން އިންނަ މިންވަރަށް ވުރެ އިތުރަށް ކެއުން ހުއްޓާލަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355