twitterviber whatsapp telegramfacebookyoutube instagram
26th May 2025

ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން މީރާގެ މުވައްޒަފުން ފައިސާގެ އެހީ ދީފި

Jan 15, 2018

މީރާގެ މުވައްޒަފުންގެ އަމިއްލަ ހަރަދުގައި ކޮންމެ އަހަރަކުވެސް ހިންގާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ހުޅުމާލޭގެ ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން ބޭނުންވާ ފައިސާ ހަދިޔާކޮށްފިއެވެ.

އިއްޔެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާ އާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވިއެވެ.

ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ. އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެއްވާ އެހީތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް ވެވޭ ވަރަށްބޮޑު އެހީއެއްކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355