twitterviber whatsapp telegramfacebookyoutube instagram
19th April 2025

އަހްޒަމް: ހިނގުމަށްޓަކާ ކުރަންޖެހޭ އޮޕަރޭޝަނެއް ކުރުމަށް ދީލަތި އެހީއަކަށް ބޭނުވެފައި

Jan 18, 2018

ރ އަލިފުއްޓަށް އުފަން އުމުރުން 12 އަހަރުގެ އަހްޒަމް އަކީ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އުމުރުން އެންމެ 8 މަހުން ފެށިގެން އެކަމަށް ފަރުވާ ހޯދަމުން އަންނަ އަހްޒަމްއަށް އެންމެ ފަހުން މިވަނީ އެހެން ކުދިން ފަދައިން ހިނގާބިނގާވެ އުޅެވިދާނެ ކަމުގެ އުންމީދު އާލާވެފައެވެ.

އެހެންނަމަވެސް މިކަމަށްޓަކައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހޭއިރު އަހްޒަމް ވަނީ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށް ނުހަނު ބޮޑަށް ބޭނުންވެފަ އެވެ. 12 އަހަރު ވަންދެން އެ އާއިލާއިން ކުރަމުން އައި މަސައްކަތަށް އަލިމަގެއް ފެނުނީ މިދިޔަ އަހަރު އެވެ.

މީގެ ކުރިން ވެސް އަހްޒަމްގެ ފަޔަށް ފަރުވާ ހޯދުމަށް އެކި ފަހަރުމަތިން އިންޑިޔާއަށް ގޮސް ފަރުވާ ކުރެވިފައިވާނެ ކަމަށާއި އެގޮތުން 2013 ވަނައަހަރު އޮޕަރޭޝަނެއް ކުރެވި ޕްލާސްޓިކްފަޔެއް އަހްޒަމްގެ ފައިގައި އެޅުވުނު ކަމަށް އަހްޒަމް ގެ އާއިލާއިން ކޭއޯއަށް މައުލޫމާތު ދެމުން ބުންޏެވެ. ނަމަވެސް އެއީ ވަގުތީ ހައްލެއްކަމުން ކޮންމެ އަހަރަކު ފައި ބަދަލުކުރަން ޖެހޭކަމަށާއި އެގޮތުން މިހާތަނަށް 5 ފަހަރު ވަނީ ޕްލާސްޓިކް ފައި ބަދަލު ކުރެވިފައި ކަމަށް އާއިލާއިން ބުންޏެވެ.

އެގޮތުން މިދިޔަ އަހަރު އިންޑިޔާއަށް ކުރެވުނު ދަތުރުގައި އަހްޒަމްގެ ފައި ދާއިމީކޮށް ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އާލާވެގެން ދިޔައެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ފުރަތަމަ އޮޕަރޭޝަން މިދިޔަ އަހަރު ޑިސެމްބަރ މަހު ތެރޭ ކުރެވިފައިވާކަމަށާއި އެއީ މިހާތަނަށް ކުރެވުނު އެންމެބޮޑު އޮޕަރޭޝަންކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަންގައި އަހްޒަމްގެ ފަޔަށް ވަނީ އެއްޗެހިތަކެއް ލައްވާފައިކަމަށާއި އެއީ ދެމަސްދުވަސް ފަހުން ނަގަން ޖެހޭ އެއްޗެހިތަކެއް ކަމުން އަންނަ ފެބްރުއަރީ މަހު އަނެއްކާވެސް އިންޑިޔާއަށް ދާންޖެހެއެވެ. މިއީ ބޮޑު ހަަރަދެއް ހިނގާނެ ކަމަކަށް ވާތީއާއި ގާތްގަނޑަކަށް މަހެއްހާ ދުވަހު އިންޑިއާގައި މަޑުކުރަން ޖެހޭތީ އެއާއިލާއަށާއި އަހްޒަމްއަށް ވަނީ އެންމެހާ ފަރާތްތަކުގެ އެހީއަށް ބޭނުންވެފައެވެ.

އަހްޒަމްގެ ފަޔަށް ލައްވާފައި ހުރި އެއްޗެހިތަކެއް، އެކްސްރޭގެ އެހީގައި —

މި އޮޕަރޭޝަނަށް ފަހު އަހްޒަމްގެ ފައި ރަނގަޅު ވާނެކަމަށް ޑޮކްޓަރު ބުނެފައިވާކަމަށާއި އެއަށްފަހު އަހްޒަމްގެ ފަޔަށް މަސްލައްވަންވެސް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް އާއިލާއިން ބުންޏެވެ. މި އޮޕަރޭޝަނަށްފަހު އެކަމުގެ ތަފްސީލް ޑޮކްޓަރުން ދެއްވާނެ ކަމަށާއި އޮޕަރޭޝަނަށް ގާްތްގަނޑަކަށް 70 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އާއިލާއިން ބުންޏެވެ.

އަހްޒަމް އަކީ އާއިލާގައި ތިބޭ ދެބެންގެ ތެރެއިން ހަގު ކުއްޖާއެވެ. އާއިލާއެކު އަލިފުށީގައި ދިރިއުޅޭ އަހްޒަމް މިހާރު ކިޔަވަމުން ދަނީ ގްރޭޑް 8 ގަ އެވެ.

އަހްޒަމް އަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން 101 333730 7717 އެކައުންޓް ނަންބަރަށް ފައިސާ ފޮނުވޭނެ އެވެ. އެ އާއިލާއަށް ގުޅޭނެ ނަންބަރަކީ 7525446، 7747678 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355