twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ މަސައްކަތް ޖުލައިމަހަށް ނިންމާލެވޭނެ: އެމްއާރުޑީސީ

Jan 20, 2018

އެމްއާރުޑީސީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދީ އަޤީލް ވިދާޅުވީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކުރުމާއެކު އެ މަސައްކަތް ފެށުމަށް މިހާރުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސްއާއެކު އެއާޕޯޓުގެ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ހޯމަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށް ފައިވާނެކަމަށް އަޤީލް ވިދާޅުވިއެވެ. އަދި ޤުދުރަތީ ކާރިޘާއެއް ދިމާނުވާނަމަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް މަސައްކަތް ނިމޭނެ ކަމަށް އެމްއާރުޑީސީ އިން ބުނެއެވެ.

ހަމްދީ ވިދާޅުވީ ފުރަތަމަ ފޭސްގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރަން އާއި ރަންވޭގެ ހެދުމުގެ މަސައްކަތް ކަމަށެވެ.

އެމްއާރުޑީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ވެރިން ވާހަކަދައްކަވަނީ–ފޮޓޯ: ޕީއެސްއެމް

އެމްއާރުޑީސީގެ ޗެއާމަން މުހައްމަދު ލަތީފް ވިދާޅުވީ ކުޅުދުއްފުށީގައި ހަދާ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ކުރާނީ އެ ކުންފުނީގެ ފުރިހަމަ ހިއްސާއާއެކު ކަމަށެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭއާއި އޭޕްރަންގެ މަސައްކަތް ކުރިއަށްދާނީ އެމްއާރުޑީސީގެ ތަކެއްޗާއި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއުގެ ބައެއް މަސައްކަތަށް ކޮންސަލްޓެންޓުން ހޯދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަސައްކަތް ކުރިއަށްގެންދާނީ އައުޓްސޯސް ނުކޮށް، ސީދާ އެކުންފުނިން ކަމަށެވެ. އެމަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އެކުންފުނީގައި އެބަހުރިކަމަށް މުހައްމަދު ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އަޅަން ނިންމާފައިވަނީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355