twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑަބްލިއު ސްޕޯޓް އެކަޑަމީން އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

Jan 23, 2018

ޑަބްލިއު ސްޕޯޓް އެކަޑަމީން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތެއް ބާއްވަން ނިންމާ، އެކަން މިއަދު އިއުލާންކޮށްފި އެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި އަންހެން އަދި ފިރިހެން ޓީމްތައް ވާދަކުރާނީ ދެ ޑިވިޒަނަކަށް ބަހާލައިގެންނެވެ. އެއް އޮފީހަކުން ފިރިހެން ޓީމެއް ނެރުނަސް ހަމަ އެ އޮފީހަކުން އަންހެން ޓީމެއްވެސް ނެރެވިދާނެ އެވެ.

ޓީމް އިވެންޓްގެ ގޮތުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތް ފަށަން ތާވަލްކޮށްފައިވަނީ އަންނަ ފެބްރުއަރީމަހު 15 ގަ އެވެ.

މަދުވެގެން 5 ކުޅުންތެރިން ގިނަ ވެގެން 8 ކުޅުންތެރިން ހިމަނައިގެން ޓީމް ނެރެވޭއިރު އިތުރަށް ދެން ހިމެނޭނީ 2 އޮފިސަލުންނެވެ.

ޑަބްލިއު ސްޕޯޓް އެކަޑަމީން ބުނީ އޮފީހުން ބޭރު އެއް ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް އެ ކުޅުންތެރިޔާ ފަސްޓް ޑިވިޝަންގެ ކުޅުންތެރިއަކަށް ވެގެން ނުވާނެ ކަމަށެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ބެޑްމިންޓަން އާލައިކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި ބެޑްމިންޓަނަށް ލޯބި ޖެއްސުމާއި އެކުޅިވަރު ކުޅޭ ޒުވާނުން އިތުރުކުރުން ކަމަށެވެ. އަދި މިމުބާރާތް މިއަހަރު ހާއްސަކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކަމަށް ޑަބުލިއު ސްޕޯޓްސް އެކަޑަމީން މައުލޫމާތުދެ އެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މިމުބާރާތް ބާއްވަން ހަމަޖެހިފައިވާއިރު ހާއްސަ މަގާމުތަކަށްދާ ފަރާތްތަކަށް ޓްރޮފީ ލިބޭނެ އެވެ.

އެގޮތުން މުބާރާތުގެ ބައިވެރިވުމަށް ނަންނޯޓް ކުރުމަށް 7911665 ނަންބަރާ ގުޅުމުން ހަމަޖެހޭނެއެވެ. ބައިވެރިވުމަށް އިތުރު ފީ އެއް ނުނަގާއިރު ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 1 ފެބްރުއަރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355