twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ފުޓްބޯޅަ ޖަމިއްޔާތަކަށް މެޑަމް ފާތުމަތު، 2 ލައްކަ ރުފިޔާގެ އެހީއެއް !

Jan 29, 2018

ކުޅުދުއްފުށީގެ ފުޓްބޯޅަ ޖަމިއްޔާތަކަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބުރާހިމް 2 ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ.

އެގޮތުން ކުލަބް ކޮރަލްސްއަށް 1 ލައްކަ ރުފިޔާދީފައިވާއިރު ހިރަފުހަށް 50 ހާސް ރުފިޔާ އަދި ޒިގްޒެގްއަށްވެސް ދީފައިވަނީ 50 ހާސް ރުފިޔާ އެވެ. އެފައިސާ ޖަމިއްޔާތަކަށް ހޯދައިދީފައިވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް މެދުވެރިކޮށްކަން އެނގިފައިވެ އެވެ.

ފައިސާގެ އެހީ ޖަމިއްޔާތަކާ ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރުދުވަހު ހަވީރު ކުޅުދުއްފުށީގައި ހުންނަ އުތުރުގެ އޮފީސް ކޮމްޕްލެކްސްގަ އެވެ. ފައިސާގެ ޗެކްތައް ހަވާލުކޮށްދިނީ މެޑަމް ފާތުމަތު އިބުރާހިމްގެ އަރިސް ބޭފުޅުންނެވެ. އެ ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ދެ ކަނބަލުންގެ ފޮޓޯ ފުޅެއްވެސް ބަހައްޓާފައި ހުއްޓެވެ. އެހަފްލާގައި އެޖަމިއްޔާތަކުގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ބައިވެރިވި އެވެ.

ފައިސާގެ އެހީ ޖަމިއްޔާތަކަށް ދީފައިވާއިރު އެ ފައިސާއަކީ ދަނޑުތައް ތަރައްގީކުރުމަށް ފައިސާގެ އެހީ ބޭނުންވާކަމަށް ޖަމިއްޔާތަކުގެ ޒުވާނުން މެޑަމް ފާތުމަތު އިބުރާހިމާއި ބައްދަލުކޮށް ދެއްނެވުމުން، ދެއްވި އެހީތެރިކަމެއް ކަމަށް ޒުވާނުން ބުނެ އެވެ.

މެޑަމް ފާތުމަތު އިބުރާހިމް މިމަހު 17 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށާއި އެކުދިންގެ ބެލެނިވެރިންނަށްވެސް 1500ރ ގެ ފައިސާގެ އެހީދީފައިވެ އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ބެލެނިވެރިންނަށް ކޮންމެ މީހަކަށް 1500ރ ގެ ފައިސާގެ އެހީ ބައްސަވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355