twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލުއިން ދަސްވާރު އަދި ބީޓެކް ނިންމާ 52 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

Feb 9, 2018

މިދިޔަ އަހަރު ގްރޭޑް ދިހައެއް ނިންމާ ދަސްވާރު އަދި ބީޓެކް އިން ޖަލާލުއްދީން ސްކޫލުގެ 52 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ އެވެ. އެއީ ދަސްވާރު ޕްރޮގުރާމް އިން ސެޓްފިކެޓް ހާސިލުކުރި 34 ދަރިވަރުންނާއި ބީޓެކް ޕްރޮގުރާމް ނިންމި 18 ދަރިވަރެކެވެ.

ޖަލާލުއްދީން ސްކޫލުގައި ރޭ މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ގުރެޖްއޭޝަން ރިބަން އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗެކްޗަރ މުހައްމަދު ހުސެއިން އެވެ.

ދަރިވަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން މުހައްމަދު ހުސެއިން ވިދާޅުވީ ތައުލީމް ހާސިލްކުރުމުގެ މަގުސަދުތަކުގެ މައްޗަށް އަލިއަޅުވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ތަހުޒީބީ މުޖުތަމައުގެ ބިނާކުރުމަށް އެންމެ މުހިންމު ރޯލެއް ހަދާކުރާނީ ތައުލީމީ ޖީލެއް އުފެދިގެން ކަމަށް މުހައްމަދު ފާހަގަކުރެއްވި އެވެ.

ޖޭއެސްގައި ރޭ ބޭއްވި ދަސްވާރު އަދި ބީޓެކް ގްރެޖްއޭޝަން ޝަރަފްވެރިކޮށްދެއްވާ މުހައްމަދު ހަސަން ވާހަކަދައްވަނީ

މުހައްމަދު ވިދާޅުވީ ތައުލީމީ ހޯދުމަށް ގިނަ ފުރުސަތުތަކެއް ހުރިކަމަށާއި އެއް ދާއިރާއެއް ހިޔާރުކުރުމުގެ ބަދަލުގައި ކުރިއަށްދާންވީ ތަފާތު ދާއިރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ އައިމިނަތު މުހައްމަދު މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދަސްވާރު އޭލެވަލްގައި ހުރި ފުރުސަތުތައް ހާމަކުރައްވާފަ އެވެ. ދަސްވާރު އޭލަވެލްއަށް ކިޔަވާދެން ފެށީ މިއަހަރު އެވެ. ތައުލީމީ ގޮތުން ހުރި ފުރުސަތުތަކުގެ ބޭނުން ވީހާވެސް ގިނަ ދަރިވަރުން ހޯދުމަށް އޭނާ އެދިލެއްވި އެވެ. ދަސްވާރު އަދި ބީޓެކް ޕްރޮގުރާމްތައް ފެށިގެންދާއިރު އެންމެ އެކަށީގެންވާ ގޮތުގައި އެދާއިރާތަކުން ކުދިން ތަމްރީންކުރަން ރަށުގައި އެކަށީގެންވާ ފުރުސަތުތައް ނެތްކަން އައިމިނަތު ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި އެކަމުގެ ސަބަބުން އެޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކާ ކުރިމަތިވީކަމުގައި ވިޔަސް މިދިޔަ އަހަރުވެސް އެސްކޫލުގެ ދަރިވަރުން ވަނީ ދަސްވާރު ޕްރޮގުރާމްގެ ތަމްރީން ހޯދުމަށް ސަން އައިލެޑް ރިސޯޓާއި ހަނިމާދޫގައި ހުންނަ ބެއާފުޓް އެކޯ ހޮޓެލް ގޮސް ތަމްރީން ނިންމާފަކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދާ ދިނުމަށް އެޑިކޭޝަން މިނިސްޓްރީއާ ސްކޫލާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާ ކަމަށް އައިމިނަތު ވިދާޅުވި އެވެ.

ޖޭއެސްގައި ރޭ ބޭއްވި ދަސްވާރު އަދި ބީޓެކް ދަސްވެނިވުމުގެ ޖަލްސާގެ ތެރެއިން

މިދިޔަ އަހަރުވެސް ދަސްވާރުގެ 6 ކޯހެއް އެސްކޫލުގައި ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ވޯޓަރ ސްޕޯޓްސް އާއި އައިޓީ ކޯހާއި އޮފީސް އެޑްމިނިސްޓްރޭޝަން އާއި އިލެކްޓްރިޝަންގެ އިތުރުން ފޮޓޯގުރަފީ ފަދަ ކޯސްތައް ހިމެނެ އެވެ.

މިރަސްމިއްޔާތާ ގުޅޭ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355