twitterviber whatsapp telegramfacebookyoutube instagram
19th April 2025

ގަސް ހައްދައިގެން ބޮޑު ހަރަދެއް ސަލާމަތް ކުރެވިދާނެ !

May 22, 2018

ފެހި ރަށެއްގެ ނުވަތަ ފެހިކަން ގަދަތަނެއް ގޮތުގައި ސިފަ ވުމަކީ އެއިން އެންމެންނަށްވެސް ހިތް ހަމަޖެހުން ލިބޭ ކަމެކެވެ. ގަސް ހެއްދުމަކީ ތިމާއަށާއި ތިމާގެ ސިއްހަތަަށްވެސް ފައިދާ ލިބޭކަމެއްކަން އެންމެންވެސް ދަނެއެވެ. ނުކުރެވެނީ މަސައްކަތެވެ. މިހާރުގެ މި މުޖުތަމައަށް ބަލާއިރު ގަސްގިނަވެގެން ލިބޭނީ ހަމައެކަނި ސިއްހީފައިދާއެއްވެސް ނޫނެވެ. އެއިން އެހެން އެތައް ފައިދާތަކެއްވެސް ލިބެއެވެ.

އެންމެ ކުދި ކުދި ކަންކަމުން ފަށަމާ ހިނގާށެވެ. އަވީގެ އަސަރެއްނެތި ހިޔަލުގައި ޖެހޭ ނަލަ ވައިރޯޅީގައި މަޑުކޮށްލުމުން އެލިބޭ ހިތްހަމަޖެހުން އިހްސާސްކޮށްލާށެވެ. އެފަދަ ތަނަކަށް ތިމާގެ ގެ ހެދިދާނެއެވެ. ނުވަތަ މަސައްކަތުގެ މާހައުލު ހެދިދާނެއެވެ. އެންމެން އިސްނަގައިގެން ރަށުތެރެވެސް އެފަދަ ތަނަަކަށް ހެދިދާނެއެވެ.

ގަސްގަހާގެއްސަކީ ތިމާ ދިިރިއުޅޭ މާހައުލުގެ ވައި ސާފުކޮށް ހިރަފުހާއި އެހެންވެސް ގެއްލުންދޭ މާއްދާތަކުން ވައި ސާފުކޮށްދޭ ކަމެކެވެ. ހަމަ އެހެންމެ ދުވަހަކަށް ވުރެ ދުވަހެއް ދުނިޔެ ހޫނު ވަމުންދާއިރު ހޫނުން ސަލާމަތްކޮށްދޭން ގަސް މުހިއްމު ދައުރެއް އަދާކުރެއެވެ. ހޫނު މިން އިތުރުވާވަރަކަށް ގޭގައި ފިނި ކުރަން ބޭނުން ކުރެވޭ ފަންކާ ނުވަތަ އޭސީ ގިނައިން ބޭނުން ކުރެވެވުމުގެ ސަބަބުން ކަރަންޓް ބިލް މިދަނީ އަތް ނުފޯރާފަށަށް މަތި ވެެގެންނެވެ. އެހެންނަމަވެސް ގޭގައި ހިޔާ ދޭ ބޮޑެތި ގަސް ހުރުމަކީ ގޭތެރޭގައިވެސް ފިނިކަން ދަމަހައްޓައިދޭން މުހިއްމު ދައުރެއް އަދާ ކުރާ އެއްޗަކަށް ވާނެއެވެ.

ގަސްގަހާ ގެއްސަކީ ގުދުރަތީގޮތުން ކޫލިން އެފެކްޓް ލިބިފައިވާ އެއްޗެއްކަމުން ގޭގެ 50 ޕަސެންޓަށް ހިޔާވާ ގޮތަށް ގަހެއް ހުރި ނަމަވެސް މުޅި މަހުގެ ކަރަންޓް ބިލުން ބޮޑު ހަރަދެއް ސޭވް ކުރެވިދާނެއެވެ. އެގޮތުން އެކްސްޓެންޝަަންގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާގޮތުން ރަނގަޅަށް ހިޔާދޭ ގަހަކުން 10 ކޮޓަރީގެ އަށް ފިނިކޮށްދޭވޭ ވަރުގެ އޭސީއަކުން 20 ގަޑިއިރު ދޭ ފިންޔާ އެއްވަރުގެ ފިނި އެ ގަހުން ލިބެއެވެ. އެހެންކަމުން ގަސް އިންދައިގެން ކަރަންޓް ހަރަދަށް ގެނެވޭނެ ބޮޑު ބަދަލާމެދު ވިސްނާށެވެ.

އެގޮތުން މި ވަރުގެ ގަހަކުން ގާތްގަނޑަކަށް 20-10 ޕަސެންޓް ދެމެދުގެ އަގެއް ކަރަންޓް ބިލުން ދަށްކޮށްދޭނެއެވެ. އަދި އޭސީ ބޭނުންކުރާ މިންވަރު 50-25 ދަށްކޮށްލެވިދާނެއެވެ. މީގެ އިތުުރުން ގޭގައި ގަސްއިދުމުގެ އަނެއްފައިދާ އަކީ ތިމާ ނޭވާލާ މާހައުލުގެ ސާފުކޮށްދިނުމެވެ.

އެގޮތުން ގޭގައި ހައްދަށް ރަނގަޅު ބައެއް ގަސްތައް ހިމަނާލާނަމަވެ.

އެލޮވޭރާ

މިއީ ހޫނު ގަދަ ތަންތާވެސް ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ. އަދި އެކި ބޭނުންތަކަށްވެސް ބޭނުން ކުރެވޭ ގަހެކެވެ. އެލޮވޭރާއިން ގޭތެރޭގައި ހުންނަ ކެމިކަލްސް ނުވަތަ ހަށިގަނޑަށް ގެއްލުވާ ގޭސް ފަދަ ތަކެތިން ވައި ސާފުކޮށްދެ އެވެ.

ރުއް

ރުކަކީ ގޭތެރޭގައި ހެއްދުމަށް އެންމެ ރަނގަޅު އެކައްޗެވެ. ވައިސާފުކޮށް ދިނުމުގެ އިތުރުން ހިޔާވެސް ލިބޭނެ އެވެ. މީގެ އިތުރުން ރުކުން ކާބަން މޮނޮކްސައިޑް، ތެޔޮފަދަ ތަކެތިން ވަޔަށް އަރާ ކެމިކަލް ފަދަ ތަކެތިން ވައި ސާފުކޮށްދެ އެވެ.

ސްނޭކް ޕްލާންޓް

މިއީވެސް ޕޮޓްގައި ފަސޭހަ ކަމާއެކު ހައްދާލެވޭ ގޭގެ އެތެރޭގައި ބަހައްޓާލެވޭނެ ގަހެކެވެ. އަދި ގޭތެރޭގެ ރީތިކަން ވެސް އިތުރުކޮށްދޭ އެއްކެވެ. މިގަހުން ގޭތެރެ ސާފު ކުރުމަށް ބޭނުން ކުރާ އެކި މާއްދާގައި ހިމެނޭ ކެމިކަލް ވައިން ސާފުކޮށްދެއެވެ. ފާހާނާގައި ނުވަތަ ނިދާ ކޮޓަރީގައި ބޭނުން ކުރުމަށް މިއީ ރަނގަޅު ގަހެކެވެ.

ކޮންކްރީޓް ޖަންގައްޔަކަށް ވެފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައިވެސް އެތައްބަޔަކު މިހާރު ގޭތެރޭގައި ގަސްހެއްދުމަށް މަސައްކަތް ކުރެއެވެ. އަދި ގަސް ވިއްކާ ފިހާރަތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355