twitterviber whatsapp telegramfacebookyoutube instagram
11th September 2026

4ޖީ ސިމާއި ފޯނަށް ހާއްސަކޮށްގެން ދިރާގުން ބޮޑު ޕްރޮމޯޝަނެއް ފަށްޓައިފި

Feb 20, 2018

4ޖީ ސިމް އަދި ހެޔޮއަގުގައި 4ޖީ ފޯނު ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ މިހާރު ދިރާގު 2ޖ އަދި 3ޖ ސިމް ގެންގުޅޭފަރާތްތަކަށް ހިލޭ 4ޖ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް 2 މަސްދުވަހަށް ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

ދިރާގުގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ދިވެހިންގެ ދިރިއުޅުމަށް ފަހިކަމާއި ފާގަތި ގެނައުން ކަމަށާއި މި ޓެކްނޮލޮޖީގެ މަންފާ ގިނަ ބަޔަކަށް ތަސައްވަރު ކުރެވޭނެ ގޮތަށް ރަނަގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއްވެސް ވަނީ ފަށާފަކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މިގޮތަށް ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ އެކުންފުނިން ފަށާފައެވެ.

އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްތްޕެއިދްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލވައިގަންނަވާ ކޮންމެ ފޯނަކުން ވެސް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެއެވެ.

އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293