twitterviber whatsapp telegramfacebookyoutube instagram
13th August 2020

ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް އަފީފުއްދީން، ހޮސްޕިޓާ، އަދި ކަސްޓަމްސް

Feb 20, 2018

ޑަބްލިއު ސްޕޯޓްސް އެކަޑެމީން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ހަވީރު އަދި މިރޭ އޮންނާނެއެވެ.

ހދ އޭއީސީގެ އިންޓޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ފައިނަލް އޮންނާނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ. އަދި ފިރިހެން ފައިނަލް އޮންނާނީ މިރޭ 20:30 ގަ އެވެ.

އެގޮތުން މިއަދު ހަވީރު އޮންނާނީ އަންހެނުން ގެ ފައިނަލްއެވެ. މި މެޗުގައި ވާދަ ކުރާނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޓީމާއި އަފީފުއްދީން އެސްއާރުސީ އެވެ.

އަދި މީރޭ އޮންނަ ފިރިހެން ފައިނަލްގައި ވާދަކުރާނީ އަފީފުއްދީން އެސްއާރުސީ އާދި ކަސްޓަމް ރެކްރިއޭޝަން ކްލަބެވެ

ފައިނަލް މެޗުތައް ފެށުމުގެ ކުރިން މިއަދު ހަވީރު 16:30 ގައި އަފީފުއްދީން ސްކޫލް އަދި އޭއީސީ ގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަހަރަކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މިއަހަރު ހާއްސަކޮށްފައިވަނީވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ބެޑްމިންޓަން އާލައިކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި ބެޑްމިންޓަނަށް ލޯބި ޖެއްސުމާއި އެކުޅިވަރު ކުޅޭ ޒުވާނުން އިތުރުކުރުން ކަމަށް ޑަބުލިއު ސްޕޯޓްސް އެކަޑަމީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355