twitterviber whatsapp telegramfacebookyoutube instagram
31st October 2025

“ވަނި އިމާރާތު”ގެ ކުލި ނުދައްކާ މައްސަލަ ކޯޓަށް

Feb 26, 2018

ކުޅުދުއްފުށީގައި ހުންނަ “ވަނި އިމާރާތު” ގެ ކުލި ދައްކަމުން ނުދާތީ އެމައްސަލަ ޝަރީއަތަށް ފޮނުވާފައިވާކަމަށް ކައުންސިލް ހާމަކޮށްފި އެވެ. ވަނި އިމާރާތްތަކީ މަޝްހޫރު “ސުފުރާމަތި” ރެސްޓޯރެންޓް ހުންނަ އިމާރާތެވެ.

ވަނި އިމާރާތުގައި ރެސްޓޯރެންޓްގެ އިތުރުން ދުވަހު ކުއްޔަށް ކޮޓަރި ދޭ ބަޔަކާއި ފިހާރައެއްވެސް ހިންގަ އެވެ.

ހޮނިހިރުދުވަހުގެ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ވަނި އިމާރާތުގެ ކުލި ދައްކަމުން ނުދާތީ އެމައްސަލަ އެޓާނީ ޖެނެރަލް އޮފީސް މެދުވެރިކޮށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެމައްސަލާގެ ޝަރީއަތްވެސް މިހާރު ފެށިގެން ކުރިއަށްދާކަމަށްވެސް އަބުދުލް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއިމާރާތުގެ ކުލި ކައުންސިލަށް ނުލިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އެތަނުން ލިބެން ޖެހެނީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވެފައިވަނީ ކައުންސިލް އިދާރާއަށް އެކި ތަންތަނުގެ ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބެމުން ނުދާތީ ރަށުގެ ތަރައްގީއަށް ހުރަސް އެޅިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355