twitterviber whatsapp telegramfacebookyoutube instagram
26th July 2025

އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، ފަރުވާއަށް މާލެ ފޮނުވާލައިފި

Mar 21, 2018

ދެ ސައިކަލް ޖެހިގެން ކުޅުދުއްފުށީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު މީހާ ފަރުވާއަށް ރޭ މާލެ ފޮނުވާލައިފި އެވެ.

އުތުރު ބަނދަރު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބިފައިވަނީ 43 އަހަރުގެ ފިރިހެނަކަށްށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ އެކްސިޑެންޓްގައި ޒަހަމްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. ރޭ އެމީހާ ވަނީ ފަރުވާއަށް މާލެ ފޮނުވާލާފަ އެވެ.

އެމީހާގެ ވާތު ލޮލަށް އަނިޔާވެފައިވާއިރު އެ ލޯ ނުވެސް ހުޅުވެ އެވެ. އަދި މޭކަށިގަނޑުގެ ދެ ތަނަކުންނާއި ވާތު ފައި ފްރެކްޗާރ ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުންވެސް ޒަހަމްތަކެއް ލިބިފައިވެ އެވެ.

އޮފިޝަލް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އަދި މާލެ ގެންދިޔައިރުވެސް ޕޭޝަންޓް އޮތީ ” ހޭނެތިފައިވާ ހާލަތެއްގައި” ކަމަށެވެ. ނަމަވެސް މާލެ ފޮނުލާވަރަށް ޕޭޝަންޓް ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ބޮލަށްވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން ޔަގީން ކުރެވޭނީ ސީޓީ ސްކޭން ހެދުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އިއްޔެ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ދެވަނަ ސައިކަލް ދުއްވަން އިން މީހައަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355