twitterviber whatsapp telegramfacebookyoutube instagram
20th April 2025

ދިރާގުން ސެމްސަންގް އެސް9 އަދި ގެލެގްސީ އެސް9 ޕްލަސް ވިއްކަން ފަށައިފި

Mar 24, 2018

ދިރާގުން ރޭ ސެމްސަންގް ގެލެކްސީ އެސް9 އަދި ގެލެކްސީ އެސް9 ޕްލަސް ވިއްކަން ފަށައިފި އެވެ.

ސެމްސަންގް ގެލެކްސީ އެސް9 އަދި ގެލެކްސީ އެސް9 ޕްލަސް ދިރާގުން ރޭ އިފްތިތާހުކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި އެސް9 އަދި ގެލެކްސީ އެސް9 ޕްލަސް ޕްރީއޯޑާ ކުރި ފަރާތްތަކަށް ފޯނު ދޫކޮށްފައިވެއެވެ.

އެގޮތުން ދިރާގުން ޕްރީ އޮޑާ ކުރި ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ހިލޭ ފަސް ޖީބީގެ ޑޭޓާ ދޭނެ އެވެ. އަދި ޕްރީއޯޑާ ކުރި ފަރާތްތަކަށް ސެމްސަންގް ގިއާ ސްޕޯޓްސް ވޮޗުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އެ ގަޑި ވިއްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

ދިރާގުން ބުނީ އެސް9 އަދި އެސް9 ޕްލަސްގެ 64 ޖީބީ އާއި 128 ޖީބީގެ ފޯނު ލިބެން ހުންނާނެ ކަމަށާއި އެގޮތުން މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ލިލަކް ޕާޕަލް ކުލައިގެ ސަމްސަންގް އެސް-9 އަދި އެސް-9 ޕްލަސް ލިބެން ހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355