twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޮކާ ކޯލާއިން “ވޯލްޑް ކަޕް ފިއެސްޓާ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް

Mar 24, 2018

ނަސީބުވެރިންނަށް ހޮވޭ މީހުންނަށް ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ދެވޭ ގޮތަށް ކޮކާކޯލާ އިން “ވޯލްޑް ކަޕް ފިއެސްޓާ”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ 45 ދުވަހުގެ މުއްދަތަށެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ، މި މުއްދަތުގެ ތެރޭގައި ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަންބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ.

އެ ނަންބަރު އެސްއެމްއެސް ކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް އޮންނާނެ އެވެ. އެގޮތުން އެ ދުވަހެއްގެ ގުރުއަތުން ހޮވޭ މީހަކަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ބޯޅައެއް ލިބޭނެ އެވެ.

ރަޝިޔާ އަށް ދިއުމުގެ ފުރުސަތު ލިބޭނީ ކޮންމެ ހަފްތާއެއް ވެސް ނިމުމުން އޮންނަ، އެ ހަފްތާއެއްގެ ގުރުއަތުން ހޮވޭ މީހަކަށެވެ. އެގޮތަށް ހޮވޭ ފަރާތްތަކަށް، އޭނާ އާ އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ޕްރޮމޯޝަން ފެށުމަށް ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްފައި މި ޕްރޮމޯޝާން ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮކާކޯލާގެ ކަންޓްރީ މެނޭޖަރު އަބީޖިތް ލާހިރި ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ވޯލްޑް ކަޕް ބެލުމަށް ރަޝިޔާ އަށް ދާ މީހުންގެ ހުރިހާ ހަރަދެއް އެ ކުންފުނިން ދޭނެ ކަމަށެވެ.

ކޮކާކޯލާގެ 300 އެމްއެލް އާއި 500 އެމްއެލް އަދި 1250 އެމްއެލްގެ ފުޅި ގަނެގެން ބައިވެރިވެވޭ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ފުރުސަތު ލިބޭނީ ވޯލްޑްކަޕްގެ 36 ވަނަ މެޗު ބަލާލުމަށެވެ. އެ މެޗުގައި ކުޅޭނީ ސްޕެއިން އާއި މޮރޮކޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355