ދެ ލެގުން މާޅެންދޫ ބަލިކޮށް، ޒޯން ޗެމްޕިއަންކަން ފޯކައިދޫ ހޯދައިފި

އަބްދުލް ވާހިދު ޙަސަން - 11 މަސް ކުރިން - 1 އެޕްރީލް 2018އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ދޭއްގެ ޗެމްޕިއަންކަން ށ. ފޯކައިދޫން ހޯދައިފި އެވެ. ފޯކައިދޫ ޗެމްޕިއަންކަން ހޯދީ ނ ޗެމްޕިއަން މާޅެންދޫ 3-0 ނަތީޖާއަކުންނެވެ.

އިއްޔެ ފޯކައިދޫގެ ދަނޑުގައި ކުޅުނުު ދެވަނަ ލެގު، 3-0ގެ ނަތީޖާއަކުން ފޯކައިދޫ މޮޅުވިއިރު، ދެ ލެގުން ފޯކައިދޫ ކުރި ހޯދީ އެގްރިގޭޓް 10-1ގެ ބޮޑު ތަފާތަކުންނެވެ.

ފޯކައިދޫ ޓީމަށް ގޯލް ހުޅުވާދިނީ އުންމީދީ ފޯވާޑް އިބްރާހީމް ޒަޔާނެވެ. އޭނާ އެ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެމުންދަނިކޮންނެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1-0 ނަތީޖާއަކުން ފޯކައިދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ކުޅެން އަރައި މެޗުގެ 50 ވަނަ މިނިޓްގެ ތެރޭގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށް ފޯކައިދޫ ލީޑް ފުޅާކުރި އެވެ. މި ލަނޑު ޖަހާދީފައިވަނީ ހަސަން ނިޝާން އެވެ. ލަނޑު ޖަހާނެ މާގިނަ ފުރުސަތުތެއް މާޅެންދޫ ޓީމަކަށް އިއްޔެގެ މެޗުގައިވެސް ލިބިގެންގޮސްފައިނުވެ އެވެ.

މާޅެންދޫއަށް ލަނޑެއް ނުޖެހިގެން އުޅެނިކޮށް ފޯކައިދޫން އިތުރު ލަނޑެއް ޖަހައި، ހަމަޖެހިލި އެވެ. ފޯކައިދޫ ޓީމަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 62 ވަނަ މިނެޓްގައި އަބުދުﷲ މާޖިދެވެ.


ގުޅުން ހުރި ލިޔުންތައް