twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބައިލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބޭ “ފުޓްބޯޅަ ފޯރި” އުރީދޫން ތައާރަފުކޮށްފި

Apr 2, 2018

އެސްއެމްއެސް މެދުވެރިކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާއި އެކު، އުރީދޫ އިން ފުޓުބޯޅަ ފޯރީގެ ނަމުގައި 500،000ރ. ގެ އިނާމުތަކެއް ކަނޑައެޅިފައިވާ ވަރަށް ފޯރިގަދަ މުބާރާތެއް އިއްޔެ ފަށައިފިއެވެ.

29 ޖުލައިގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ ހަފްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާ އަށް އައިފޯންx  އެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާއަށް ޕީއެސް4 ޕްރޯ އަކާއެކު 55″ ސެމްސަންގ ކަރވްޑް ފުލް އެޗްޑީ ޓީވީ އެއް ލިބިގެންދާނެއެވެ.

ފުޓްބޯޅަ ފޯރީގައި ބައިވެރިވަނީ ކިހިނެތް؟

4242 އަށް ‘GO’ ޖައްސަވާފައި ފޮނުއްވާ

ކޮންމެ ބައިވެރިއަކަށްވެސް އަކުރުތަކެއް އެކުލެވޭ އެސްއެމްއެސްއެއް ލިބިގެންދާނެ.

މި އަކުރުތައް ބޭނުންކޮށްގެން ބަސް ހެދުމަށްފަހު 4242 އަށް އެސްއެމްއެސް ކުރައްވާ.

ތިން އަކުރުގެ ނުވަތަ އެއަށްވުރެ ދިގު، ސައްހަ ބަހެއްކަމުގައި ވާނަމަ، އެބަހުގައި ހިމެނޭ ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބިގެންދާނެ.

ލިބިފައިވާ އަކުރުތަށް ބަދަލުކުރެއްވުމަށް، “CHANGE” ނުވަތަ “NEXT” ޖެއްސެވުމަށްފަހު 4242 އަށް ފޮނުއްވާ. އަކުރުތައް ބަދަލުކުރަށްވާ ކޮންމެ ފަހަރަކުވެސް އިތުރު 500 ޕޮއިންޓް ލިބިގެންދާނެ.

ފުޓުބޯޅަ ފޯރި އާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި އުރީދޫ ވެބްސައިޓްhttp://ore.do/footballfoari  އިން ވެސް މި މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355