twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ބާއްވާ ކެބިން ކުރޫ ކޯހަށްވަނުމުގެ މުއްދަތު އިތުރުކޮށްފި

Apr 3, 2018

ސްކައިލޭން އޭވިއޭޝަން އެކަޑަމީން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެއްސި ކެބިން ކްރޫ ތަމްރީންކޮށްދޭ ކޯހަށްވަމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކޯހަށްވަނުމުގެ މުއްދަތު އެންމެ ފަހު ތާރީހަކީ މިމަހު 5 ވަނަ ދުވަހު އެވެ. މިހާރު ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލްމަހުގެ 7 ން 14 އަށެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައިތިބި ތަޖުރިބާ ކާރު، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންސްޓްރަކްޓާރ ލައިންސެންސް ލިބިފައިވާ ބޭފުޅުން ކަމަށް ސްކައިލޭން އެކަޑަމީން މައުލޫމާތު ދެއެވެ

ސްކައިލޭންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރުވެސް ކޯހަށް ތަރުހީބު ލިބެމުންދާ ކަމަށާއި އިތުރު ފުރުސަތު ހުޅުވާލީ ބައެއް ފަރާތްތަކުން އެކަމަށް އެދެމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެޕްލިކޭޝަން ފޯމް ކުޅުދުއްފުށީ ޑީކޭޑް ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ 7 މޮޑިއުލްއަކީ:

– އިންޓްރޮޑަކްޝަން ޓު ކެބިން ކްރޫ ޕްރޮފެޝަން

– ސީވީ ޕްރެޕަރޭޝަން & ކެރިއާރ ޑިވެލޮޕްމެންޓް

– ޖޮބް އިންޓަވިއު ސިމިލިއުއޭޝަން ވިތް ފީޑްބެކް

– ގުޑް ގްރޫމިން ޕްރެކްޓިސް & ޕާރސަނަލް ހައިޖީން

– އޭވިއޭޝަން އިންޑަސްޓްރީ، އެއާރކްރާފްޓް ޓައިޕްސް & ރެގިއުލޭޝަންސް

– ކަސްޓަމާރ ސާރވިސް

– އޭއާލައިން ކޭޓަރިން & ފުޑް ސާރވިސް

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ސްކައިލޭންގެ އީމެއިން[email protected] ނުވަތަ [email protected] އަށް މެއިލް ކުރުމުން އެފަރާތުން އެޕްލިކޭޝަން ފޯމް ފޯރުކޮށްދޭނެ ކަމަށާއި ނުަވަތަ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7783010 ނުވަތަ 7611612 ނަންބަރާ ގުޅުމަށް އެފަރާތުން އެދެއެވެ.

މިކޯސް ކުރިއަށްދާނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ސެމިނާ ރޫމްގަ އެވެ. ކޯސް ކުރިއަށްދާނެ ގަޑިތައްވެސް މިހާރުވަނީ އާންމުކޮށްފަ އެވެ.

ސްކައިލޭން އޭވިއޭޝަންއަކީ ސިވިލް ސާރވިސްގެ ލައިސެންސް ލިބިގެން ކޯސްތައް ކުރިއަށް ހިންގާ ފުރަތަމަ އެކަޑަމީ ކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355